
އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކާއި އޮފާތަކާއެކު މި އަހަރުގެ ރަމަޟާން މަސް ފަށައިފި އެވެ.
ފުވައްމުލަކު ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައި އެ ކުންފުނިން މި އޮފާތައް އިއުލާނުކޮށްފައިވާއިރު، މި ހަރަކާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްގެ އިތުރުން ފުވައްމުލަކުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ
ހާއްސަ އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ ފުވައްމުލަކުގެ ރީތިކަމާއި ސަގާފަތާއި ބަހުރުވަ ދައްކުވައިދޭ ރަމަޟާން ކެމްޕެއިން ވީޑިއޯ ވެސް ދައްކާލާފަ އެވެ. މި ކުރު ފިލްމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގައި ކުރެވޭ ތަޖުރިބާގެ އަގު ވަޒަންކޮށް، ރަށްރަށުގެ ދިރިއުޅުން އެހެން ހަރުފަތަކަށް އަޕްގްރޭޑް ކުރުމަށް މުޖުތަމައުގެ ތެރޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މި އަހަރުގެ މި ބަރަކާތްތެރި ރަމަޟާން މަސް، ކަސްޓަމަރުންނަށް ވަރަށް ހާއްސަ ހާއްސަ އޮފާތަކާއި ހަދިޔާތަކާއެކު ފެށިގެންދާއިރު، މި އަހަރުގެ ރޯދަމަހަށް ތައްޔާރު ކުރެވިފައިވާ ކުރު ފިލްމަކީ ފުވައްމުލަކު ގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި ބަސް ދައްކުވައިދޭ އަދި މުހިންމު މެސެޖަކާއެކު ތައްޔާރުކުރެވިފައިވާ ފިލްމެއް ކަމަށެވެ.

އުރީދޫ އިން ރަމަޟާން މަހަށް ތައާރަފުކުރި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނެނީ:
ހާދިޔާ ފޮށި!
މި ރަމަޟާން މަހު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އުރީދޫ އެޕްގައި ހިމަނާފައިވާ ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65″ ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ގެ އިތުރުންވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހާދިޔާ ފޮށި ގޭމް ކުޅެވޭނެ އެވެ.
ހާދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާ އެއް ލިބިގެންދާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވައި ހަދިޔާއެއް ލިބޭނެ އެވެ.
ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހާދިޔާ ފޮށި ކުޅެލުމަށް އުރީދޫ އެޕް ޑައުންލޯޑްކުރައްވާ: http://ore.do/app