ސަލީމު މައުމޫނު ފެކްޝަނާ ގުޅިވަޑައިގެންފި

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

ރައްޔިތުން މަޖިލީހުގެ ބ. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫގެ ފެކްޝަނާ ގުޅިވަޑައިގެންފި އެވެ.

ސަލީމުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅުންގެ ގޮތުގައި ހިމެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެންބަރުންތަކެއް މިއަދު ވަނީ ރައީސް މައުފޫނުގެ ފަހަތްޕުޅަށް އަރައިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދު، ތިނަދޫ ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފު ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ ބައެއް ގައުމީ މަސްލަހަތު އެއްފަރާތްކޮށް ރައީސް އަބްދުﷲ ޔާމީން ބޭނުންވާ ގޮތަށް ގާނޫނުތައް ފާސްކުރުވީ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކައިގެން ކަމަށެވެ.

“އޭރުގައި ރައީސް އަރިހުގައި އަޅުގަނޑުމިއީ ވަރަށް ސާފްކޮށް ތަކުރާރުކޮށް ދެކޮޅުހެދި މީހެއް. އެދުވަހު އަޅުގަނޑު ރައީސް އަރިހުގައި ދެންނެވިން މިކަންކޮށްގެން ނުވާނެއޭ، މިއީ ވަރަށް ގޯސްކަމެކޭ،” ސަލީމް ވިދާޅުވިއެވެ.

ސަލީމު ވިދާޅުވި ގޮތުގައި، ބޭރު މީހުންނަށް ރާއްޖޭގެ ބިންތައް މިލުކުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެއްކަމަށް އޭރުވެސް ދެންނެވި އެވެ.

“އެހެންނަމަވެސް ރައީސް ވިދާޅުވި މިކަން ޖެހޭނީ ކުރާށޭ. ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މަޖުބޫރުކުރުވާ ހާލަތުގައި، އެއްގޮތަކުން ބުނާނަމަ ބިރުދައްކައިގެންނޭވެސް ބުނެވިދާނެ،” ރެޑްވޭވް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިތްހަމަ ނުޖެހުނަސް ތިބުންނޫން އެއްވެސް ގޮތެއް އޭރުގައި ނެތްކަމަށާއި އެހެން އެކަން ދިމާވީ ހުއްޓުވުމުގެ ބާރުނެތުމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.