ރޯދަ މަހާ ގުޅިގެން މޫލީއިން މާންދޫ މަސްދަޅު ހިމެނޭ ރޯދަ ހަދިޔާ ޕެކް ޑެލިވަރީ މުޅިން ހިލޭ

މޫލީ އާއި ހޮރައިޒަން ފިޝަރީޒް ގުޅިގެން މަންދޫ މަސްގެ އުފެއްދުންތައް ހިމެނޭ ބަންޑަލްޑް ހަދިޔާ ޕެކްތަކެއް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޫލީ ޕްލެޓްފޯމުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

މި ޕްރޮމޯޝަނަކީ ރަމަޟާން މަހު އާއްމުކޮށް ބޭނުންވާ ގިނަ އަދަދެއްގެ ޒަރޫރީ ތަކެތި ލިބޭ މޫލީ ރޯދަ ބާޒާރު ޕްރޮމޯޝަންގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މޫލީ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ކަސްޓަމަރުންނަށް މާންދޫގެ ރަހަމީރު މަސްދަޅުތައް ހިމެނޭ މި ހަދިޔާ ޕެކްތައް ކޮންމެތާކު ކޮންމެ ވަގުތެއްގައި ވެސް ގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ތަފާތު ހަތަރު ހަދިޔާ ޕެކް މޫލީއިން ގަންނަން ލިބޭއިރު، މި ހަދިޔާ ޕެކްތަކުގެ އަގުތައްހުރީ 145 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

ރޯދަ ހަދިޔާ ޕެކް 1 ގައި ހަބަނޭރޯގައި ހަދާފައިވާ 3 ދަޅު، ހިކި މިރުހުގައި ކަނޑުމަސް ހަދާފައިވާ 2 ދަޅު، ކަނޑުމަސް ސަންފްލާވާ އޮއިލް (އެސްއެފްއޯ) އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ 1 ދަޅު ގެ އިތުރުން މަސްހުނި އެކްސްޓްރާ އޮއިލް، މަސްހުނި ނޯމަލް އަދި މަސްހުނޮ ޒީރޯ ޗިލީ ގެ ދަޅު ހިމަނާފައިވެ އެވެ. މި ޕެކް ގެ އަގަކީ 150 ރުފިޔާ އެވެ.

ރޯދަ ހަދިޔާ ޕެކް 2 160 ރުފިޔާއަށް ލިބޭއިރު، މި ޕެކްގައި ހިމެނެނީ އޮލިވް އޮއިލްގައި ހަދާފައިވާ ކަޅު ބިލަ މަސް، ސަންފްލާވާ އޮއިލް އަދި ސަންޑްރައިޑް ޓޮމާޓޯގައި ހަދައިފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އަދި ތައިމްގައި ހަދައިފައިވާ ކަނޑުމަހުގެ އިތުރުން ލޮނުމެދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅު ހިމެނެއެވެ. މި ޕެކްގައި މީން ކޮންމެ ވައްތަރަކުން 2 ދަޅު ހިމެނެ އެވެ.

ރޯދަ ހަދިޔާ ޕެކް 3 ގެ އަގަކީ 145 ރުފިޔާ އެވެ. މި ޕެކްގައި މަސްހުނި އެކްސްޓްރާ ޗިލީ، މަސްހުނި، މަސްހުނި ޒީރޯ ޗިލީ، ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅު ގެ އިތުރުނ ސަންފްލާވާ އޮއިލްގައި ހަދައިފައިވާ ކަނޑުމަސް ދަޅު ހިމެނެ އެވެ. މިއިން ކޮންމެ ވައްތަރަކުން 2 ދަޅު މި ޕެކްގައި ހިމެނޭއިރު، ރޯދަ ހަދިޔާ ޕެކް 4 ގައި ހަދިޔާ ޕެކް 1 2 އަދި 3 ގައި ހިމެނޭ ހުރިހާ ރަހައެއްގެ ކޮންމެ ވައްތަރަކުން 1 ދަޅު ހިމެނެ އެވެ. ރޯދަ ހަދިޔާ ޕެކް 4 ގެ އަގަކީ 150 ރުފިޔާ އެވެ.

ރޯދަ ހަދިޔާ ޕެކް ގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު http://ore.do/maandhoomas ޒިޔާރަތްކޮށް އޯޑަރު ދިނުމާއި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ކޮށްދޭނެ ކަމަށް އުރީދޫން ބުނެ އެވެ. އުރީދޫ އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މޫލީ އިން މަރުހަބާ ކިޔަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.