ބ. އަތޮޅު ކައުންސިލުގެ މެންބަރު އަބްދުލް މުއުމިން އާދަމް އެމްޑީޕީ އަށް ސޮއިކުރައްވައި މިއަތޮޅު ކައުންސިލްގެ މެޖޯރިޓީ އެ ޕާޓީ އަށް ލިބިއްޖެ އެވެ.
ބ އަތޮޅު ކައުންސިލުގައި ކެންދޫ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު މުއުމިން އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވަޑައިގެން ދަރަވަންދޫގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.
ޑީއާރުޕީ ޓިކެޓްގައި އަތޮޅު ކައުންސިލަށް ހޮވިވަޑައިގަތް އަބްދުލް މުއުމިން ވަނީ މިއަހަރުގެ ކުރީކޮޅު ޑީއާރުޕީން ވަކިވެ ވަޑައިގެންފައެވެ.
މުއުމިން ސޮއިކުރެއްވުމަށްފަހު ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްޑީޕީއަށް ސޮއިކުރެއްވީ އަތޮޅާއި ދާއިރާއަށް އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާތީ، އެކަން ކޮށްދެވޭނެ ޕާޓީއަކީ އެމްޑީޕީކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އަދި އޭނާ ތަމްސީލު ކުރައްވާ ކެންދޫ ދާއިރާގެ ގިނަ ރައްޔިތުންގެ ތާއީދު އޮތީވެސް އެމްޑީޕީއަށް ކަމަށްވެސް މުއުމިން ވިދާޅުވި އެވެ.
މިއަތޮޅު ކައުންސިލުގެ މިހާރު ތިއްބަވަނީ އެމްޑީޕީގެ ހަތަރު މެންބަރުންގެ އިތުރުން ޑީއާރުޕީ އާއި ޕީޕީއެމްގެ މެންބަރެކެވެ.


މޫމިންބޭވެސް އެމްޑީޕީ ތަ ؟؟؟ ޕިސް ޕިސް
މެޖޯރިޓީ ލިބުނީމަކީއްކުރާނީ އަދިމިވީހާތަނަކައް އެބުނާ އިއްޒަތްތެރި 6 ކައުންސިލަރުން މޫނު ދިމައެއްނުވޭ ބާއްވާ ޖަލްސާތަކައް މީހުންހަމައެއްނުވޭ އަބަދުވެސް ކޮންމެވެސްކައުންސިލަރަކު ރަށުންބޭރުގަ ނޫނީ އިންޑިއާގަ ނޫނީ މާލޭގަ ކޮންމެވެސް މުޒާހަރާއެއްގައި ، މަސްނިމެންކައިރިވީމަ މުސާރަ ސީޓުގައި ސޮއިކުރާށޭކިޔާފަ އަންނާނެ . މީ ހަގީގަތް
ތިޔަ އަތޮޅު ކައުންސިލަރުންނަށް އަތޮޅަށް ކޮށް ދެވުނީކޮންކަމެއް؟ ކޮން ރަށެއްގައި ތަރައްގީގެ ޕުރޮޖެކްޓެއް ހިންގުނީ؟ ކޮބާ ޒުވާނުންނަށް ކޮށްދެވުނު ކަމަކީ؟ އެންމެ ކުޑަމިނުން ފުޓުބޯޅަމުބާރާތްގަނޑެއްވެސް ނުބޭއްވުނު. ދެންބުނޭ ބަޖެޓެއްނެތޭ. އޭދަފުށީގައި ޖަމީލުމެން އިސްނަގައިގެން އެހެރަބަޖެޓް ހޯދައިގެން މުބާރާތްތައް ބާއްވަނީ. ބަޖެޓާއެއްޗެހި ހޯދޭނީ އެކަހަލަ ވިސްނުންބަހައްޓައިގެން ކަންކަންކުރުމުގެ ނިޔަތުގައި އުޅޭމީހުންނަށް. އަތޮޅުފެރީގަނޑުވެސް އޮޕަރޭޓްކުރެވޭނެ ގޮތެއްނުވި. ނޫނީ އެމް.ޑީ.ޕީ ވެރިކަމެއްނޫންވީމަ އެކަންވެސްބޮނޑުނަގުލަށް ދުއްވާލީދޯ؟ ބޮޑެތި މުސާރަނަގަނަ ތިބީމަނިމުނީކީނޫން. އަދި ޕާރޓީ ޕުރޮމޯޓްކުރަންލާފަ ތިބިބަޔެއްވެސްނޫން، ރައްޔިތުންނަށް ކަންކަން ފަހިނުކޮށްދެވެންޔާ ގޭގައި މަޑުކޮށްލާ.
ކިހާވަރަކުން ދާނެބާ؟ އަހަރުމެން ތިބޭނަން ދާއިރާއަށް އަންނަ ކުރިއެރުން ބަލަން. ޕާޓީއަކަށް ބަދަލުވެގެން ވަކި ކޮން ކުރިއެރުމެއް ލިބޭނީ؟ ތަރައްގީއަކީ އަމިއްލައަށް ހޯދަން ޖެހޭ އެއްޗެއް. ފަރުދީ ނަޒަރަކުން ތަހުޒީބުކުރިއަށް ނެރެގެން ކަންކަން ކުރެވޭނީ. ބޮޑުގޮނޑީގައި ވެޑުވިގެން އިނަކަސް ތަރައްގީއެއް ނާންނާނެ. ކަންކަން ވާނީ އަމިއްލައަށް މަސައްކަތެއް ކޮށްގެން