މަގާމުން ވަކިކޮށްފާނެތީ އެއްވެސް ފަނޑިޔާރަކު ބިރުގަންނަން ނުޖެހޭ: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

މަގާމުން ވަކިކޮށްފާނެތީ އެއްވެސް ފަނޑިޔާރަކު ބިރުގަންނަން ނުޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަލީމް ވިދާޅުވީ ޝަރީއަތުގައި ގޯސްކޮށް މައްސަލަތައް ގެންދާނަމަ ﷲ ގެ ހަޒުރަތުގައި އެމީހަކު ޖަވާބުދާރީ ވާންޖެހޭނެކަމަށާއި މާދަމާވެސް މަރުވެދާނެކަމަށެވެ.

“ހާއްސަކޮށް ޖުޑީޝަރީއަށް އަޅުގަނޑު ގޮވާލަން އޮތީ އިންސާފްވެރިކޮށް ޝަރީއަތްތައް ގެންދަވާށޭ. އެއްވެސް ބޭފުޅަކު ބިރުގަންނާކަން ނުޖެހޭނެ، އެއްވެސް ގާޒީއެއް ވަކިކުރުމުގެ ފުރުސަތެއް މަޖިލީހުގެ ތެރެއިން ނުދޭނަން،” މައުމޫނު ފެކްޝަނާ ގުޅިވަޑައިގެންނެވުމަށްފަހު މިއަދު ބޭއްވި ނޫސް ކޮންޕަރެންސް ގައި ސަލީމު ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫގެ ފެކްޝަނާ ސަލީމުގެ އިތުރުން އިތުރު މެންބަރުތަކެއް މިއަދު ވަނީ ގުޅިވަޑައިގެންފި އެވެ. އޭގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދު، ތިނަދޫ ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފު ހިމެނިވަޑައިގަންނަވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.