ހަނިފަރު ފަރަށް އެރި ދޯނި ފުންކޮށްފި

ހަނިފަރު ފަރަށްއެރި އުޅަނދު ފުންނުކުރެވިފައި
ހަނިފަރު ފަރަށްއެރި އުޅަނދު

ހިޔާމަތް ކޮށްފައިވާ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ފަރަށް އެރި ދޯނި، 4 ދުވަސް ވީފަހުން ރޭ ދަންވަރު ފުންކޮށްފި އެވެ.

“ދޮށި ދޯނި 1” ނަމަކަށް ކިޔާ ދޯނި ފުން ކުރީ ޓަގެއް ބޭނުންކޮށްގެންނެވެ. އެ ބޯޓު ފުން ކުރުމަށް ފަހު މިހާރު ވަނީ ބ.ދަރަވަންދޫއަށް ގެންގޮސްފަ އެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ “ދަފީނާ”ގެ މުދާ އުފުލާ ބޯޓު ފުން ކުރުމަށް ފަހު، ފަރަށް ލިބުނު ގެއްލުންތައް އިތުރަށް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ދޯނި ހަނިފަރު ފަރަށް އެރީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަރަވަންދޫން ފުރައިގެން މާލެ ދަނިކޮށެވެ. އެ ދޯނި އަރާފައި ވަނީ ހަނިފަރުގެ ދެކުނުން ދަރަވަންދުއާ ދިމާލަށެވެ.

ޔުނެސްކޯ ބަޔޮފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރަށް ދޯނި އެރުމުން ލިބުނު ގެއްލުންތަކަށް ބެލުމަށް ފަހު އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެ އެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އެ ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.