އުރީދޫގެ މޫލީން ވާވޭ ވޮޗު ބަޑްސް ވިއްކަން ފަށައިފި

ވާވޭގެ ވޮޗު ބަޑްސް، އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމު، މޫލީން ވިއްކަން ފަށައިފި އެވެ.

ވާވޭ ވޮޗް ބަޑްސް އަކީ އިއާބަޑްސްގެ ސިފަތައް އެކުލެވޭ އީޖާދީ ސްމާޓް ގަޑިއެކެވެ.

ވާވޭ ވޮޗް ބަޑްސް އުފައްދާފައިވަނީ މެދު ކެނޑުމެއްނެތި ކަސްޓަމަރުން އިތުރު ފަސޭހަކަމާއެކު ގުޅުވާލަދޭ ސިފަތައް ހިމަނައިގެންނެވެ. އެންމެ ކޮލިޓީ އަދި ސާފު އަޑު ލިބޭއިރު، މިއީ އާންމުކޮށް ދަތުރުކުރާ މީހުންނަށް ވަރަށް ފުރިހަމަ ޑިވައިސްއެކެވެ.

މީގެ އިތުރުން ތުނި ރީތި ޑިޒައިނާއެކު އުފައްދާފައިވާ ވާވޭ ވޮޗް ބަޑްސް އަކީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ވެސް އެންމެ ފުރިހަމަ ފަހުގެ ގެޖެޓެވެ.

މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފްކުރުމުގެ ގޮތުން އުރީދޫ އިން ހާއްސަ އޮފާއެއްގެ ދަށުން މި ގަޑި ވިއްކަނީ 6،999 ރުފިޔާ އަށެވެ.

މި ހާއްސަ އަގުގައި ކަސްޓަމަރުންނަށް ގަތުމުގެ ފުރުސަތު މިމަހުގެ 22 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. މީގެ އިތުރުން މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމުން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.

މި ޑިވައިސްގެ މައިގަނޑު ސިފަތަކުގެ ސަބަބުން ވާވޭ ވޮޗް ބަޑްސްއަކީ އަޑު އަހާލުމުގެ ތަޖުރިބާއަށް ފެންވަރު ރަނގަޅު އަޑާއި އެޑްވާންސް ފަންކްޝަނަލިޓީ ފޯރުކޮށްދޭ އާދަޔާ ހިލާފު ގެޖެޓެކެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އެއް ގެޖެޓެއްގައި އިއާބަޑްސް އަދި ސްމާޓްވޮޗް
  • ސާފު ރީތި އަދި ކޮލިޓީ އަޑު
  • ތުނި އަދި ޒަމާނާ އެއްގޮތް ޑިޒައިން
  • ހައިބްރިޑް އެކްޓިވް ނޮއިސް ކެންސަލޭޝަން
  • ކޮލިޓީ އަޑާއި އެކު ކޯލްތަކަށް ދެ މައިކްރޯފޯނާއި ނޮއިސް ރިޑަކްޝަން
  • އެއް ޗާޖަކުން 10 ގަޑިއިރާއި ހަމައަށް ބޭޓަރި ހިފަހައްޓާ (ޗާޖިން ކޭސްއާއެކު 30 ގަޑިއިރު)
  • ޓަޗް ކޮންޓްރޯލް އާއި އެކު ވޮޗް ބަޑް ގެ ބޭނުންކުރަން ފަސޭހަވުން
  • ސްޓޭބަލް އަދި ފާސްޓް ކަނެކްޝަނަށް ބްލޫޓޫތު
  • ލެގް ފްރީ އޯޑިއޯ އަދި ވީޑިއޯ ސިންކްރޮނައިޒޭޝަންގެ ލޯ ލެޓެންސީ

މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމަށް http://ore.do/watchbuds ޒިޔާރަތްކޮށްލައްވާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.