އުރީދޫ އެމް-ފައިސާ އިން މި އަހަރު ވެސް ޒަކާތް ދެއްކޭނެ

އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސް އިން މި އަހަރު ވެސް ފަހިކޮށްދީފި އެވެ.

އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކެވުމަށް:

  1. އެމް-ފައިސާ އަށް ލޮގިން ކުރައްވާ http://ore.do/zakat
  2. ޒަކާތް ދެއްކެވުމަށް ބޭނުންވާ ބާވަތް އިޚްތިޔާރުކުރައްވާ
  3. ފައިސާ ދައްކާ ފަރާތުގެ މަޢުލޫމާތު ފުރިހަމަ ކުރައްވާ
  4. އެމް-ފައިސާ ޙިޔާރު ކުރެއްވުމަށްފަހު، ވޮލެޓް ނަންބަރު ޖައްސަވާ
  5. ޕޭމަންޓް ކަށަވަރު ކުރުމަށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  6. އެމް.ފައިސާ މެދުވެރިކޮށް 18 އޭޕްރިލް 2023 ވަނަ ދުވަހުގެ ރޭ 11:59 އާއި ހަމައަށް ޒަކާތް ދެއްކޭނެއެވެ.

ޒަކާތުގެ އިތުރުން، މި ރަމަޟާންމަހު އުރީދޫ އިން މިޝަން ފޮ މައިގްރަންޓް ވޯކާރސް އާއި ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް އެމް-ފައިސާ މެދިވެރިކޮށް ރޯދަ ވިއްލުމެއް ހަދިޔާ ކުރެވޭނެ ގޮތްވެސް ފަހި ކޮށްދީފައެވެ. ރޯދަވިއްލުން ސަދަގާތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 19 އޭޕްރިލް 2023 ވަނަ ދުވަހުގެ 11:59 އާއި ހަމައަށް އިފްތާރު ހަދިޔާ ކުރުމަށް ފައިސާ ދައްކާލެވޭނެއެވެ. ހަދިޔާ ކުރާ އިފްތާރް ޕެކްގެ އަގަކީ 50ރ އެވެ.

މީގެ އިތުރުން އެމ-ފައިސާ މެދުވެރިކޮށް ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ. އެމް-ފައިސާގެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެއެވެ. އެމް-ފައިސާގެ މި ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔައެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް: http://ore.do/zakat

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.