އޭދަފުށި ފުޓްސަލް ކަޕް ފަށައިފި

އޭދަފުށި ފުޓްސަލް ކަޕް ހުޅުވުމުގެ ރަސްމިއްޔާޓުގެ ތެރެއިން — ފޮޓޯ/ޔާން ފޮޓޯސް

ބ. އޭދަފުށީ ކައުންސިލާ ގުޅިގެން ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ބާއްވާ އޭދަފުށި ފުޓްސަލް ކަޕް ރޭ ފަށައިފި އެވެ.

މުބާރާތް ފައްޓަވައިދެއްވީ އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

މި މުބާރާތުގައި މި ރަށުގެ 12 ޓީމު ވާދަކުރެ އެވެ. އެއީ ޔުނައިޓެޑް ވީ އާއި މުރިންގެ އެފްސީ އާއި ނަލަ ބްރަދާސް އާއި އަފްރޯ އެފްސީ އާއި ވެލާ ސްޕޯޓްސް ކްލަބާއި އޯލް ވޮލްވްސް އާއި ސީސީ ދަ ރެޑްސް އާއި އެއިޓީ ފޯ އެފްސީ އާއި އެފްސީ ސްވިޕް ވަޔަރ އާއި ކައްކާނި އާއި އެފްސީ ސަޑަންލީ އަދި ސީސީ ސްޕޯޓްސް ކަލްބެވެ.

ވެލާ ސްޕޯޓްސް ކްލަބާއި އަފްރޯ ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގެ ތެރެއިން– ފޮޓޯ/ޔާން ފޮޓޯސް

 މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ޔުނައިޓެޑް ވީ އަތުން މުރިންގު އެފްސީ ވަނީ 2-1 އިން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުރިންގް އެފްސީ ގެ އިބްރާހިމް ޝަރީފެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ވެލާ ސްޕޯޓްސް ކްލަބްގެ މައްޗަށް އަފްރޯ ސްޕޯޓްސް ކްލަބުން ކުރި ހޯދީ 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަފްރޯ ސްޕޯޓްސް ކްލަބްގެ މުހައްމަދު އައްޒާމު އެވެ.

ތިންވަނަ މެޗުގައި އެއިޓީ ފޯ އެފްސީގެ އަތުން ސީސީ ދަ ރެޑްސް ވަނީ 6-2 އިން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީސީ ދަ ރެޑްސް ގެ މުހައްމަދު ރިފްޝާން އެވެ.

ރޭ ކުޅުނު ފަހު މެޗުގައި އެފްސީ ސަޑަންލީ އާއި ކައްކާނި އެފްސީ ކުޅުނު މެޗުން އެފްސީ ސަޑަންލީ މޮޅުވީ 3-2 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ސަޑަންލީގެ ހުޒައިފަތު ރަޝީދު އެވެ.

މިރޭ ވެސް މި މުބާރާތުގެ ހަތަރު މެޗު ކުޅޭނެ އެވެ.

މި މުބާރާތުގެ ބޭނުމަކީ ފިރިހެނުންގެ މެދުގައި ފުޓްސަލް ކުޅޭ މީހުން އިތުރުކޮށް، ފުޓްސަލްގެ ހުނަރު ކުރިއަރުވައި، ތަރައްގީކޮށް، އަދި ފުޓްސަލްގެ ފޯރި އާއި ޖޯޝް އިތުރުކޮށް ފުޓްސަލްގެ ހުނަރު ޓީމު ފެންވަރުގައި ދެއްކުމުގެ ފުރުސަތު ހޯދައިދިނުމެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 15،000ރ. އަދި ރަނާއަޕް ޓީޟަށް 10،000ރ. ހުށަހަޅައިފަ އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ނޯތު ވެސްޓް މޯލްޑިވްސް އެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.