
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ގުރުއާން މުބާރާތް، “ރަންތާޖު” ޤުރްއާން މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި މުހައްމަދު މުސްތަފާ ހިމެނިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ, އަދި ރާއްޖެ ޓީވީ ގުޅިގެން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ރަންތާޖު” ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފަސް ބައިވެރިން ރޭ ވަނީ އިއުލާންކޮށްފަ އެވެ.
ރޭ އޮތް މުބާރާތުގެ ހަވަނަ އެޕިސޯޑުގައި، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާ ބައިވެރިންގެ ގޮތުގައި އިއުލާންކޮށްފައި ވަނީ ނ. ހޮޅުދޫ، މުހައްމަދު ސާއީ މުބާރިކް އާއި މާލެ، ޔައީޝް މުހައްމަދު ނިޔާޒް އާއި ފާތިމަތު ތުގާ ހަލީމްއާއި ބ. އޭދަފުށީ މުހައްމަދު މުސްތަފާ އަދި ހައ. ހޯރަފުށި އަހުމަދު ސުޖާއު އެވެ.

ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ގެނެސްދިން މި މުބާރާތަކީ، އަގުހުރި އިނާމްތަކަކާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ.
6 އެޕިސޯޑަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތް ކާމިޔާބުކުރާ ބައިވެރިއަކު އެނގިގެންދާނީ މި މާދަމާ ރޭ އޮންނަ ފައިނަލް ޝޯއިންނެވެ. މި ޝޯ އޮންނާނީ މާދަމާ ރޭ 8:30ގައެވެ.
އޭދަފުށި ޓައިމްސް…ތި ލިޔުން ނިންމާލަމުން އެކުއްޖާއަށް ކާމިޔާބަށް ވެސް އެދި ނުލަންތަ؟