ދުސިތުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފި

އިތުރު ދެ ރިސޯޓެއްގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިންއިރު، އޭގެ ތެރޭގައި ބ. އަތޮޅުގައި ހިންގަމުން އަންނަ ދުސިތު ތާނީ މޯލްޑިވްސް ހިމެނިއްޖެ އެވެ.

އިއްޔެ ފާހަގަ ކުރި އިންޓަނޭޝަނަލް ލޭބާ ދުވަހާ ގުޅިގެން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިން އަނެއް ރިސޯޓަކީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓެވެ.

ދުސިތު ތާނާ ރިސޯޓުން، އެރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި ހުއްދަ ދީފައިވާއިރު، އެތަނުގެ މުވައްޒަފުން ތުބުޅި ބެހެއްޓޭނެ ގޮތުގައި ސާކިއުލާއެއް ނެރެފައިވެ އެވެ. އެގޮތުން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނީ ކަންހުޅިއާއި ގުޅިގެންދާ ގޮތަށް ކަމަށާއި، ތުނބުޅީގެ ދިގުމިން ބެހެއްޓޭނީ ދެ މިލިމީޓަރަށް ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން އިންޓަކޮންޓިނެންޓަލް މޯލްޑިވްސް އިން ވެސް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނެ ވަކި އުސޫލެއް އާންމުކޮށްފައިވެ އެވެ. އެ އުސޫލުގައިވާ ގޮތުން ތުނބުޅި ބަހައްޓަން ޖެހޭނީ ޑީސެންޓުކޮށް ކަމަށް ބުނެފައިވެ އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން (ޓީމް) އިން ހާމަކޮށްފައިވާ ގޮތުން، މިހާރު ވެސް ރާއްޖޭގެ 60 ރިސޯޓެއްގައި ތުނބުޅި ބެހެއްޓުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވި ގޮތުގައި ރިސޯޓްތަކުގެ މުވައްޒަފުން ހިމަނައިގެން 2019 ގައި އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ސޭވޭގައި، ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ގިނަ އަދަދެއްގެ މުވައްޒިފުން އެދިފައިވެ އެވެ. ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނެ ގަވާއިދެއް ސަރުކާރުން ހަދައިފިނަމަ އިތުރު ރިސޯޓްތަކުން ވެސް އެ ހުއްދަ ދޭނެ ކަމަށް ބުނާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.