މޯލްޑިވިއަން އިން ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަންއިން ބ. ދަރަވަންދޫ އެއާޕޯޓަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ އަންނަ ޖޫން 15 އިން ފެށިގެން ކޮންމެ ދުވަހަކު ދަރަވަންދޫއަށް މޯލްޑިވިއަން އިން ދަތުރު ޝެޑިއުލްކުރާނެ ކަމަށާއި ފުރަތަމަ ފަށާ އިރު ދަތުރުތައް ކުރާނީ ހާއްސަ ފެއާއެއްގައި ކަމަށެވެ.

މޯލްޑިވިއަން އިން ދަރަަވަންދޫއަށް ކުރިން ދަތުރުކުރި އެވެ. ނަމަވެސް، 2019 ވަނަ އަހަރު މަންޓާ އެއާގެ ދަތުރުތައް ފެށުމާ އެކު މޯލްޑިވިއަން އިން ދަރަވަންދޫއަށް ދަތުރުތައް ހުއްޓާލީ އެވެ.

މޯލްޑިވިއަން އިން ބުނީ، ކުރިއާލައި ޓިކެޓް ނެގުމުން 15-5 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ. އެގޮތުން އެއްކޮޅު ޓިކެޓުގެ އަގަކީ 1125 ރުފިޔާ ނަމަވެސް ކުރިއާލައި ޓިކެޓް ނަގާނަމަ 859 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަން އިން ދަރަަވަންދޫއަށް ކުރިން ދަތުރުކުރި އެވެ. ނަމަވެސް، 2019 ވަނަ އަހަރު މަންޓާ އެއާގެ ދަތުރުތައް ފެށުމާ އެކު މޯލްޑިވިއަން އިން ދަރަވަންދޫއަށް ދަތުރުތައް ހުއްޓާލީ އެވެ.

މޯލްޑިވިއަނުން ދަރަވަންދޫ އަށް އަލުން ދަތުރުތައް ފެށުން ބ. އަތޮޅަށް ދަތުރުކުރާ ގިނަ ބަޔަކަށް ފަސޭހަތަކެއް ވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.