
ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެރަށުގެ މަގެއްގެ މަތިން މަސްތުވާ ތަކެތި ހޯދައިފި އެވެ.
ފުލުހުން ބުނީ ތުޅާދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް އިންޓެލް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 5 ވަނަ ދުވަހު ތުޅާދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު އެރަށު މަގުމަތިން ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.