10 އަހަރަށް ފަހު ދަރަވަންދޫން ގޯތި ދޫކުރަނީ

ބ. ދަރަވަންދޫން ގޯތި ދޫނުކުރާތާ ދިހަ ވަރަކަށް އަހަރު ފަހުން އެ ރަށުން ގޯތި ދޫކުރަން އިއުލާނުކޮށްފި އެވެ.

ދަރަވަންދޫން ދޫކުރާ 2،000 އަކަފޫޓުގެ 58 ގޯއްޗަށް ކުރިމަތިލާން އެރަށު ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ.

ދަރަވަންދޫން ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެ މީހަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ ހައުސިންގ ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތް މީހަކަށް ވާންޖެހެއެވެ.

އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ އެތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ މީހަކަށް ވާން ޖެހެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ މާދަމާއިން ފެށިގެން އަންނަމަހުގެ 19 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ދަރަވަންދޫ ކައުންސިލްގެ އިދާރާއިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.