
ބ. އަތޮޅު ހޮސްޕިޓަލުން މި އަހަރުގެ ހިތާނީ ކޭމްޕަގެ ނަން ނޯޓުކުރަން މިއަދު ފަށައިފި އެވެ.
ސްކޫލުތަކުގެ ބޮޑު ބަންދާ ދިމާކޮށް ކުރިއަށް ގެންދާ މި ކޭމްޕް އޮންނާނީ އަންނަ ޖޫން މަހުގެ 24-29 އަށެވެ.
ހިތާނީ ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމަށް 6608309 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
މި ކޭމްޕަގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަން ނުޖެހެ އެވެ. ހިތާނު ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރެ އެވެ.
އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ކޭމްޕްގައި ވެސް ހިތާނު ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ހިތާނުކުރުން ކުރިއަށް ދާނީ އޮޕަރޭޝަން ޑޮކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.
ޗުއްޓީއާ ދިމާކޮށް، ހިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އަތޮޅު ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ކޭމްޕް ބާއްވަ އެވެ. އެގޮތުން މިދިޔަ ބޮޑު ޗުއްޓީގައި ވެސް އެ ހޮސްޕިޓަލުގައި ހިތާނީ ކޭމްޕެއް ވަނީ ބާއްވައިފަ އެވެ.