
އޭދަފުށީގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
ހަވާއެރުވުން އޮންނާނީ މިރޭ 8:45 ގައި އޭދަފުށީ ސަންސެޓް ބީޗް ސަރަހައްދުގަ އެވެ.
ހަވާ އެރުވުމުގެ މި އިވެންޓަކީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ފުލުހުން ބާއްވަން ހަމަޖެހިފައިވާ ހަރަކާތެކެވެ.
ހަވާ އެރުވުމުގެ އިތުރުން ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާ ގުޅިގެން ފުލުހުންގެ އާއިލާތައް ބައިވެރިވާ ހާއްސަ ޑިނާ ނައިޓެއްވެސް މިރޭ އޮންނާނެ އެވެ.