ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށް ކޮމިޝަނާ އޮފް ޕޮލިސް ރައްޔިތުންގެ ގާތަށް

ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ރައްޔިތުންގެ ހިޔާލުހޯދުމަށް ކޮމިޝަނަރ އޮފް ޕޮލިސް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އޭދަފުށި އަދި މާޅޮހު ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނިގޮތުގައި އިއްޔެ ހަވީރު އޭދަފުށި އަދި މާޅޮހުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ފުލުހުންގެ ޚިދުމަތަށް 90 އަހަރުގެ ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ރަސްމީ ޑިނަރ ނައިޓުގައި ބައިވެރިވެލެއްވުމަށް މާލެއިން އޭދަފުއްޓަށް ވަޑައިގެންނެވި ފުލުހުންގެ އޮފިސަރުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

“ވޯކް އެންޑް ޓޯލްކް” ގެ ނަމުގައި އޭދަފުށި އަދި މާޅޮހުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން އޭދަފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުން ބައިވެރިވެލެއްވިއެވެ.

އަދި މާޅޮހުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުން ބައިވެރިވެލެއްވި އެވެ.

މި ދެ ރަށުގައި އެއް ވަގުތެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން ވަނީ އެ ދެރަށުގެ މަގުތަކަށް ނުކުމެ، ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާ ރައްޔިތުން ގުޅިގެން އެކަންކަން ހައްލުކުރުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.

އަދި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންދެކޭ ގޮތް އޮޅުންފިލުވައި ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ތަފާތު އެކި ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުމަށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، މަގުމަތިން ބައްދަލުވި ކުޑަކުދިންނާ ވާހަކަދައްކާލައި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ކިޔައި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.