
ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ނަރުހުންގެ ދުވަސް ފާހަގަ ކުރަން ބ. އަތޮޅު ހޮސްޕިޓަލުން ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު ހަވީރު 4:30 ން 6:00 އަށް، އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ކަމަށެވެ.
މި ހަވީރުގައި ކުޑަކުދިންނަށް ތަފާތު މަޖާ ގިނަ ކުޅިވަރުތަކާއެކު ޚާއްސަ ފުޑް ފެއާ އެއްވެސް ކުރިއަށްދާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. މި ފުޑް ފެޢައިން ލިބޭ ފައިސާގެ 5 ޕަސެންޓް ހަދިޔާކުރަން ނިންމާފައިވަނީ ކެންސަރ ސޮސައިޓީ އަށެވެ.
އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ކުޑަކުދިންނާއެކު މި ހަވީރުގައި ބައިވެރިވާން ބ. އަތޮޅު ހޮސްޕިޓަލުން ދައުވަތު ދެ އެވެ.
ކޮންމެ އަހަރެއްގެ ކުޑަކުދިންގެ ދުވަހާއި ނަރުހުންގެ ދުވަހާ ގުޅުވައިގެން ބ. އަތޮޅު ހޮސްޕިޓަލުން ތަފާތު ހަރަކާތްތައް ހިންގަ އެވެ.