ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ ފަށައިފި

ބ. އަތޮޅު ކައުންސިލުން މިއަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތް، ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ ރޭ ފަށައިފި އެވެ.

ދަރަވަންދޫގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ދަރަވަންދޫން ވަނީ ހިތާދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ. ދަރަވަންދޫ އަންހެން ޓީމު މި މެޗު ކާމިޔާބުކުރީ 0-6 އިން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަރަވަންދޫ ޓީމުގެ މައިހާ އެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ގޮއިދޫ އިން ވަނީ 6-0 އިން އޭދަފުށީ ޓީމު ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގޮއިދޫއަށް މެޗުގައި ދެ ލަނޑު ޖަހައިދިނުމުގެ އިތުރުން މެޗުގައި މޮޅު ކުޅުމެއް ދެއްކި މައީޝާ އެވެ.

އަންހެން ޑިވިޝަނުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ދޮންފަނާއި ކެންދޫ އެވެ. މި މެޗު ދޮންފަނުން ކާމިޔާބުކުރީ 0-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފަޒްލާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި، ދަރަވަންދޫއާއި ފެހެންދޫގެ ކުރިމަތިލުން  ނިމުނީ ފުރިހަމަ ވަގުތުހަމަވިއިރު 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެހެންދޫ ޓީމުގެ ކެޕްޓަން، ރީހާން އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ދެ މެޗެއް މިރޭ ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި މާޅޮސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ހިތާދޫއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.