
ދެ ސައިކަލް ޖެހި އޭދަފުށީގައި މިއަދު ހަވީރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް އެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ 18އަހަރާއި 40 އަހަރުގެ ފިރިހެނަކަށެވެ.
މިރަށު ބަނދަރު މަގު ފެންޕްލާންޓް ކުރިމަތީގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ފިރިހެނުންނަށް އަތޮޅު ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވި ދެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަމުގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
އެކްސިޑެންޓުގައި ޒަހަމްވި 18އަހަރުގެ ޒުވާނާގެ އިތުރު ފަރުވާއަށްމާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.