އޮންލައިން ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ބީއެމްއެލް އިން ‘ކިލް ސްވިޗް’ ތައާރަފްކޮށްފި

ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ ‘ކިލް ސްވިޗް’ ތައާރަފްކޮށްފި އެވެ.

‘ކިލް ސްވިޗް’ ބޭނުންކޮށްގެން ވަގުތުން އެކްޓިވްކޮށް ހުންން އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއް ހިނގުމުގެ ކުރިން ކާޑުތައް ފްރީޒްކޮށްލެވޭނެ އެވެ.

މި ފީޗަރ އަކީ އިންޓަރނެޓް ބޭންކިންގެ ލޮގިން ޕޭޖުގައި ކަސްޓަމަރަށް އަމިއްލައަށް ބޭނުންކުރެވޭ ގޮތަށް ހިމަނާފައިވާ ފަންކްޝަނެކެވެ. އަދި ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި ވަގުތުން އެކްޓިވާނެ ފަންކްޝަނެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މި ފީޗަރ އަކީ ސްކޭމް އާ ދެކޮޅަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ތައާރަފްކުރި ފީޗަރ އެއް ކަމަށެވެ. އަދި ސްކޭމެއް ހިނގައިފިކަމަށް ކަސްޓަމަރަށް ފާހަގަވުމުން، ކަސްޓަމަރުންނަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކާޑުތަކާއި އިންޓަރނެޓް ބޭންކިންގ ފްރީޒް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިލް ސްވިޗް ކުރުމަށްފަހު، ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ކަސްޓަމަރުން ކޮންޓެކްޓް ސެންޓަރ ގުޅައިގެން އަށް ނުވަތަ އެންމެ ކައިރި ބްރާންޗަކަށް ހާޟިރުވެގެންނެވެ. ބޭންކުން އެކްޓިވޭޓްކޮށްދޭނީ  ހިންގޭ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހުގައެވެ. 

މިފާއިތުވި މަސްތަކުގައި ބޭންކުންވަނީ ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ.

  • މެއި މަހު ބޭންކުން ވަނީ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ ލޮގިންއަށް ޓޫފެކްޓަރ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައެވެ. އަލަށް ގެނެވުނު އަޕްޑޭޓް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވުނެވެ.
  • މާރިޗު މަހު، އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާރޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރެވުނެވެ.
  • މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓަރ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލް އެއްގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފައްޓާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭންކުން މިހާރުވެސް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް ގައި ކާޑު ފްރީޒް/ އަންފްރީޒް ފީޗަރ ވަނީ ގާއިމްކޮށްފައެވެ. މި ފީޗަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތީ ގޮތުން ކާޑު އިނެކްޓިވޭޓް ކުރެވޭނެއެވެ.

ކިލް ސްވިޗް އެކްޓިވޭޓް ކުރާނެ ގޮތް

  1. ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv   އިން އިންޓަރނެޓް ބޭންކިންގ ލޮގިން ޕޭޖަށް ދާށެވެ.
  2. 2.       ‘ކިލް ސްވިޗް’ އަށް ފިތާލާށެވެ.
  3. އައިޑީ ކާޑު ނަންބަރު ޖަހާށެވެ.
  4. ކޮންފަރމް ކުރުމަށް އޯޓީޕީ ޖަހާށެވެ.

ކިލް ސްވިޗް އެނޭބަލް ވުމުން، ސްކްރީން އަށް އަދި އެސްއެމްއެސް މެދުވެރިކޮށް ކޮންފަމޭޝަން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.