ބ އަތޮޅުގެ ހުރިހާ ސުކޫލްތަކަށް އަމާޒުކޮށްގެން ރޯޔަލް އައިލެންޑް ރިސޯޓްގެ ސީ އެސް އާރު އިނީޝިއޭޓިވް ގެ ދަށުން އިމެޖެންސީ ފަސްޓް ރެސްޕޮންސް ޕްރަރިމަރީ އެންޑް ސެކަންޑަރީ ސެޓްފިކެޓްގެ ދެވަނަ ބުރު ކުރިއަށްގެންގޮސްފި އެވެ.
އެގޮތުން އިއްޔެ ބޭއްވި ދެވަނަ ބުރުގައި އޭދަފުށި، ތުޅާދޫ އަދި މާޅޮހުގެ ސުކޫލުގެ ބައިވެރިން މި ކޯސް ވަނީ ރޯޔަލް އައިލެންޑްގައި ފުރިހަމަ ކޮށްފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެމަޖެންސީ ފަސްޓް ރެސްޕޮންސްއިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ރޯޔަލް އައިލެންޑް ރިސޯޓުގެ ޑައިވް އޯސެނަސްގެ ތަޖުރިބާކާރު ޑައިވް އިންސްޓްރަކްޓަރުންނެވެ. .
އެމަޖެންސީ ފަސްޓް ރެސްޕޮންސް ޓްރެއިނިން ނުވަތަ އީއެފްއާރު ޓްރެއިނިން ފަރުމާކޮށްފައި ވަނީ ބައިވެރިންނަށް ފުރާނަޔަށް ގެއްލުން ހުރި ކުއްލި ނުރައްކާތައް ދެނެގަންނާނެ ގޮތްތައް ކިޔައިދީ, އެއަށް އެންމެ ރަނގަޅަށް ފިޔަވަޅު އެޅޭނެ ގޮތްތައް ދަސްކޮށްދޭ ގޮތަށް ކަމަށް ވިލާ ކުންފުނިން ބުނެ އެވެ. އަދި މީގެ އިތުރުން މި ޓްރެއިނިންގައި ސީޕީއާރު ފަދަ ކުއްލި ފަރުވާ ދޭނެގޮތް ކިޔައިދީ، މި ޓްރެއިނިންގެ ސެކަންޑަރީ ކެއާ ކޮންޕޯނަންޓް ތެރެއިން ބައިވެރިންނަށް ބައެއް ޒަހަމްތަކަށް ފަރުވާދޭނެގޮތާއި ބަލިތަކުން ރައްކާތެރިވާނެ ގޮތް ވެސް ކިޔައިދީފައިވާ ކަމަށް ރޯޔަލް އައިލެންޑް ރިސޯޓުން ބުންޏެވެ. .
ސެޓިފައިޑް އިމަޖެންސީ ފަސްޓް ރެސްޕޮންސް އިންސްޓްރަކްޓަރުން މިކޯހުގައި ކިޔަވަދޭއިރު، އަދި މި ކޯސް ފުރިހަމަކުރާފަރާތްކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ އިމަރޖެންސީ ފަސްޓް ރެސްޕޮންސް® ޕްރައިމަރީ އަދި ސެކަންޑަރީ ކެއަރ ޓްރެއިނިންގް ސެޓްފިކެޓް ލިބޭނެއެވެ.