ހިބަޅިދޫގައި ރިސޯޓެއް ނުހެދުމަށް ގޮވާލައި ކައުންސިލުން ގަރާރެއް ފާސްކޮށްފި

ލ. ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓް ތައްގީކުރާ ފަރާތަށް ބ. ހިބަޅިދޫ ކްރޮސް ސަބްސިޑީގެ ގޮތުގައި ދިނުމަށް ސަރުކާރުން ނިންމާފައިވާތީ، އެކަން ކުށްވެރިކޮށް ބ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

އެ ގަރާރުގައި ވަނީ، 20،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ނެތުމުން މިއަތޮޅުގައި އިތުރު ރިސޯޓެއް ނުހެދުމަށް ނިންމާފައިވަނިކޮށް، ހިބަޅިދޫ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމް ތަރައްގީކުރުމަށް ބަޔަކަށް ދިނުމަށް ނުފެންނަކަމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ކައުންސިލުގެ ހުރިހާ މެންބަރުން އިއްތިފާގުވެފައިވާ ކަމަށެވެ.

އެ ގަރާރުގައި ބުނީ، ބ. ކައުންސިލުން އެގޮތަށް ނިންމާފައިވަނިކޮށް، ލާމަރުކަޒީ ގާނޫނާ ޚިލާފަށް ލ. ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓް ތައްގީކުރާ ފަރާތަށް ކައުންސިލަށް ކުރިން އެއްގުމަކާ ނުލައި ހިބަޅިދޫ ކްރޮސް ސަބްސިޑީއެއްގެ ގޮތުގައި ދިނުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

“އަދި އެކަން އެގޮތަށް ނުކުރައްވާ ބ. ހިބަޅިދޫގެ ބަދަލުގައި އެއާޕޯޓް ތަރައްގީކުރާ އަތޮޅުން ފަޅުރަށެއް ކްރޮސް ސަބްސިޑީޒްގެ ގޮތުގައި ދެއްވައިގެން އެކަން ކުރެއްވުމަށް އިކޮނޮމިކް ކައުންސިލާއި ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވަމެވެ،” ގަރާރުގައި ވެ އެވެ.

ކައުންސިލުން ނެރުނު ގަރާރުގައި ބުނިގޮތުގައި މިގޮތަށް ދަންނަވަން ޖެހުނީ ބ. އަތޮޅުގައި އޮތް ގުދުރަތީ ވަސީލަތެއް ނަހަމަ ގޮތުގައި އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް އަދި މަންފާއެއް ވެސް ނުލިބޭގޮތަށް ބޭނުންކުރަން އަތޮޅުގެ އެއްވެސް ރައްޔިތަކު ނޭދޭތީ އެވެ.

“ވުމާއެކު ބ. ހިބަޅިދޫ އެއްވެސް ބަޔަކަށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ބޭނުންކުރުން މަނާކުރުމަށާއި، އެރަށް ބ. އަތޮޅު ކައުންސިލާއި ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ،”

ހިބަޅިދޫއަކީ ބިޒްނަސް މޯލްޑިވްސް އަށް ދީފައި އޮތް ރަށެކެވެ. އެމްއެމްޕީއާރްސީން އެ ރަށް 50 އަހަރަށް އެ ކުންފުންޏަށް ކުއްޔަށް ދީފައިވީ ނަމަވެސް އެ ރަށް މިހާރު ވަނީ އަތުލާފަ އެވެ. އެއީ ދައުލަތަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ނުދައްކާ އޮތުމުންނެވެ. މިރަށް މިހާރު އޮންނަނީ ބ. އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Vaanuvaa

    ލ. ކައްދޫ އެއާޕޯޓަކީ އިންޓަރނޭޝަނަލް އެއާޕޯޓަކައް ބަދަލު ވީ ކޮން އިރަކުތަ..؟ ވާނުވާގަ ތިބެގެން އެއްޗެހި ލިޔެ ޕޯސްޓު ކުރަން ވާނީ..!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.