
މޫސުން ރަނގަޅު ނަމަ ބޮޑު އީދު ނަމާދު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ، ފުޓްބޯޅަ ދަނޑުގައި ނަމާދުކުރާގޮތަށް ހަމަޖެއްސީ ފޭލި ޖަމިއްޔާ އިސްވެ، ރަށު ކައުންސިލާ ގުޅިގެންނެވެ.
އެހެންވެ މިރަށުގައި މީގެ ކުރިން އީދު ނަމާދު ކުރާ ދެ މިސްކިތުގައިވެސް މިފަހަރު ވެސް އަޟްހާ އީދު ނަމާދު ނުކުރާނެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.
ނަމަވެސް މޫސުން ގޯސް ވެއްޖެނަމަ ކުރިއެކޭ އެއްގޮތަށް ދެ މިސްކިތުގައި ވެސް އީދު ނަމާދު ކުރާނެ ކަމަށާއި އެހެން ނޫނީ އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށް ކައުންސިލުން ބުންޏެވެ.
މި ފަހަކަށް އައިސް ކޮންމެ އީދެއްގައި ވެސް އޭދަފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މިހާރު އޮވެ އެވެ.

