ޓީޓީއެމް މޯލްޑިވްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް މިއަހަރުވެސް އުރީދޫ

ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވަލް ޓްރޭޑް ޝޯ “ޓީޓީއެމް މޯލްޑިވްސް 2023” ގެ ޕްލެޓިނަމް ޕާޓްނަރަކަށް މިއަހަރު ވެސް އުރީދޫ ހަމަޖައްސައިފި އެވެ.

އުރީދޫ އަކީ މިއަދުގެ ކަސްޓަމަރުންނާއި ވިޔަފާރިވެރިންގެ އިތުރުވަމުންދާ ބޭނުންތަކަށް ފެތޭ ގޮތަށް ވޮއިސް، ޑޭޓާ، ބްރޯޑްބޭންޑް، ކޮންޓެންޓް އަދި އެންޓަޕްރައިޒް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ދިވެހިންގެ ދިރިއުޅުން މުއްސަނދިކުރުމުގެ ތަސައްވަރާ އެއްގޮތުގެ މަތިން އުރީދޫއިން މަސައްކަތްކުރަމުންދަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ހިދުމަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޑިޖިޓަލް ސޮލިއުޝަންތަކުގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. ޑިޖިޓަލް ހަބް، ޑިޖިޓަލް އެންޓަޓެއިންމަންޓް، ޑޭޓާ ސެންޓަ އެންޑް މެނޭޖްޑް ސާވިސަސް އާއި ކްލައުޑް ސާވިސަސް ފަދަ ކުންފުނިތަކުގެ މަސައްކަތާއި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް ސޮލިއުޝަންތަކެއް އެ ކުންފުނިން ފޯރުކޮށްދެއެވެ.

ޑިޖިޓަލް ސޮލިއުޝަންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިނެއް ކަމަށްވާ ވިޒިޓް މޯލްޑިވްސް ނައު ވެސް އިފްތިތާހުކޮށް، 10 ގައުމެއްގެ 117 މިލިއަނަށް ވުރެ ގިނަ މީހުންނަށް ރާއްޖެ މާކެޓްކޮށް ކޮވިޑަށް ފަހު ފަތުރުވެރިކަން އަލުން ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޓީޓީއެމް މޯލްޑިވްސް 2023ގެ ދަށުން ދެ ދުވަހު މީރުމާ ކޮންފަރެންސް ފެސިލިޓީގައި ޓީޓީއެމް ކަނެކްޓް މީޓިންތައް ބޭއްވުމަށްފަހު އެންމެ ފަހު ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ޓީޓީއެމް އެވޯޑްސް އެންޑް ގާލާ ނައިޓް އޮންނާނެއެވެ.

މިއަހަރުގެ ޓްރޭޑް ޝޯގައި ރާއްޖޭގެ އިންޑަސްޓްރީގެ އެންމެ ފަހުގެ ހިޔާލުތަކާއި ޓްރެންޑްތައް މަޝްވަރާކޮށް، ދެނެގަތުމަށް ޓީޓީއެމްއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ ރިސޯޓް، ހޮޓާ އަދި ފާހަގަކޮށްލެވޭ 30 ގައުމެއްގެ 250 އަށް ވުރެ ގިނަ ބޮޑެތި އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޓީޓީއެމް އެވޯޑް އަދި ގާލާ ނައިޓް ގައި މިއަހަރު ޝަރަފުވެރި އައު ކެޓެގޮރީތަކެއްވެސް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓީޓީއެމް 2023 ގައި ބައިވެރިވުމަށް އެގްޒިބިޓަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކުން 31 ޖުލައި 2023 ގެ ކުރިން މި އިވެންޓަށް connect.traveltrademaldives.com ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މިއީ އުރީދޫން އެ ޓްރޭޑް ޝޯގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮޮތުގައި ސޮއިކުރާ ހަ ވަނަ އަހަރެވެ. އުރީދު އަކީ ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި އެ ފަދަ ގިނަ ހަރަކާތްތަކުގައިި ބައިވެރިވާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.