
ބ. ގޮއިދޫ ސްކޫލުގެ ސްޓާފްރޫމުގެ ޢިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ގޮއިދޫ ސްކޫލުގެ ސްޓާފްރޫމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ވޯލްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަފާފް ސައީދެވެ.
ވޯލްސީ ޕްރައިވެޓް ލިމިެޓެޑާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 160 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
ގޮއިދޫ ސްކޫލުގެ ސްޓާފްރޫމުގެ ޢިމާރާތުގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢަށް 3.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.