މޫލީ މިނިވަން ސޭލް: ދިވެހި ބްރޭންޑްތަކުން ހާއްސަ ޑިސްކައުންޓާއެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ!

ދިވެހި ބްރޭންޑްތައް ކަމަށްވާ ތަކެތި، މާހި މަހީ ބުކްސް، ޕެޕާ ޑޮޓްސް، ކައިޝީ އަދި ލުއިކާނާ ފަދަ ބްރޭންޑްތަކުން ޑިސްކައުންޓު ލިބޭ “މޫލީ މިނިވަން ސޭލް” ފަށައިފިއެވެ.

މި ސޭލްގައި ހާއްސަ ޑިސްކައުންޓާ އެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެއެވެ. މޫލީ މިނިވަން ސޭލްގައި ހިމަނާފައިވާ ދިވެހި އުފެއްދުންތަކުން 10 އިންސައްތަ ޑިސްކައުންޓު ލިބިގެންދާނެއެވެ.

މި ސޭލް ކުރިއަށްދާނީ 31 ޖުލައި 2023 ގެ ނިޔަލަށެވެ.

ތަކެތި

“ތަކެތީ” އަކީ ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަކޮށްގެން އިންޓަރެކްޓިވް ތައުލީމީ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދޭ ވިޔަފާރިއެކެވެ. ކުޑަކުދިންގެ ފޮތްތަކުން ފެށިގެން ތައުލީމީ ގޭމުތަކާއެކު ކުޑަކުދިންގެ ވިސްނުން އިތުރަށް މުއްސަނދިކޮށްދޭ ޕްރޮޑަކްޓްތައް ތަކެތިން ވަނީ މާކެޓަށް ނެރެފައެވެ. ތާނާ ކޯޑި، އަލިފް ބާ ޕޯސްޓަރ، އަހަރެނާކީ ފެހުރިސޭ ފަދަ އުފެއްދުންތައް މިހާރު މިނިވަން ސޭލް މެދުވެރިކޮށް ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސ މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެއެވެ. މޫލީ މިނިވަން ސޭލް މެދުވެރިކޮށް ތަކެތި އުފެއްދުންތައް ބައްލަވައިގަތުމަށް https://mool.ee/Thakethi ޒިޔާރާތްކުރައްވާށެވެ.

މާހީ މާހީ ބުކްސް – ދިވެހި ތައުލީމީ ފޮތްތައް

މާހީ މާހީ ބުކްސް އަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ދިވެހި ތައުލީމީ ފޮތްތަކުގެ ޚަޒާނާއެއް ގެނެސްދޭ ވިޔަފާރިއެކެވެ. ރާޅެއް ލިބެއިތޯ، ހުރިހާ އެއްޗެއް ހެއްދެވީ الله ފަދަ މަގުބޫލު ފޮތްތައް މާހީ މާހީ އިން ވަނީ %10 ޑިސްކައުންޓާއެކު މޫލީ މިނިވަން ސޭލްގައި ފީޗަރކޮށްފައެވެ. ސޭލް މެދުވެރިކޮށް މާހި މާހި ބުކްސް ބައްލަވައިގަތުމަށް https://mool.ee/mahimahibooks ޒިޔާރާތްކުރައްވާށެވެ.

ޕެޕަރ ޑޮޓްސް އާއެކު ކަނޑުގެ ރީތިކަން:

ޕެޕަރ ޑޮޓްސް އަކީ ކަނޑުއަޑީގެ ދިރުންތަކުން އިންސްޕަޔާވެގެން އަތުގައި އަޅައި ކެވެލި، ކީ ޓެގް، ސޮފްޓް ޓޯއީސް، ޕަޒްލް އަދި ފާރުގައި އަޅުވައި ތެކެތި ފަދަ ހިތްގައިމު ކަލެކްޝަނެއް ނެރެފައިވާ ވިޔަފާރިއެކެވެ. ކޮންމެ ޕްރޮޑަކްޓަކީ ވެސް ތަފާތު އަދި ދިވެހި ވަންތަކަން ދައްކުވައިދާ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މޫލީ މިނިވަން ސޭލްގައި %10 ޑިސްކައުންޓާއެކު ދީމާކުރާމާ ގޭމް، މޫދު ޕަޒަލް، ކަމަނާ ޕަޒަލް ފަދަ ޕެޕަރ ޑޮޓްސް ގެ އުފެއްދުންތައް މިހާރު ބައްލަވައިގަނެވޭނެއެވެ. މި އުފެއްދުންތައް ބައްލަވައިގަތުމަށް https://mool.ee/pepperdots ޒިޔާރާތްކުރައްވާށެވެ.

ދުޅަހެޔޮ އިސްތަށިގަނޑެއް އަދި ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް ކައިޝީ ކާށި ތެޔޮ!

ފެންވަރު ރަނގަޅު އަދި ހެޔޮ އަގުގައި ކާށި ތެޔޮ ފޯރުކޮށްދޭ މަޝްހޫރު ދިވެހި ވިޔަފާރި ކަމަށްވާ ކައިޝީ ގެ ކާށި ތެލަކީ ދުޅަހެޔޮ އިސްތަށިގަނޑާއި ހަމުގެ ރީތިކަން ދެމެހެއްޓުމަށް މަގުބޫލުކަން ހޯދާފައިވާ ތެލެކެވެ. މިހާރު 10 ޕަސެންޓް ގެޑިސްކައުންޓާއެކު މޫލީ މިނިވަން ސޭލް މެދުވެރިކޮށް https://mool.ee/kaishi  ކައިށީގެ ކާށި ތެޔޮ ބައްލަވައިގަނެވޭނެއެވެ.

ލުއިކާނާއާއެކު ދިވެހި ރަހަތައް!

ދިވެހި ރަހަތައް އުފައްދާ މަޝްހޫރު ކުންފުނި ލުއިކާނާ އިން މޫލީ މިނިވަން ސޭލްގައި އެ ކުންފުނީގެ އުފެއްދުންތަކުން 10 ޕަސެންޓްގެ ހާއްސަ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. ކުދި ގުޅަ، ކުޅި ކަޖާ، އަތުޖެހި، މުރު މުރު، ފޮނި މާ، ބޮނޑި ފަދަ އުފެއްދުންތައް މޫލީ މިނިވަން ސޭލް މެދުވެރިކޮށް ބައްލަވައިގަތުމަށް https://mool.ee/luikaana ޒިޔާރާތްކޮށްލައްވާށެވެ.

މޫލީ މިނިވާން ސޭލް ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލުން ދިވެހި އުފެއްދުންތައް https://mool.ee/minivansale މެދުވެރިކޮށް ގަނެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.