މިިނިވަން އުފާ ކާނިވަލް: ނަސީބުވެރި ފަރާތަކަށް އުރީދޫން ދެ މީހުންނަށް ބާލީ ދަތުރެއް ދެނީ

މިނިވަން އުފާ ކާނިވަލު ގެ ޕަރޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަތް ދުވަހުގެ ބާލީ ދަތުރެއް ދޭން ނިންމައިފިއެވެ.

ތަފާތު ހިތްގައިމު ހަރަކާތްތަކާއި ގިނަ ސްޓޯލްތަކަކާއެކު ބާއްވާ މި ކާނިވަލަކީ ހޯމް މިނިސްޓްރީ އާއި އާބަންކޯއާ ގުޅިގެން ކުރިއަށް ގެންދާ ކާނިވަލެކެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދަން ނިންމާފައިވާ މިނިވަން އުފާ ކާނިވަލަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ބައިވެރިވެވޭނެ ފަދަ ހަރަކާތެކެވެ.

މި ކާނިވަލްގައި ކުރިއަށް ދާ ލަކީ ޑްރޯގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ދޭ 7 ދުވަހުގެ ބާލީ ދަތުރުގެ ނަސީބުވެރި ފަރާތަކަށް ވުމަށް ކާނިވާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށް ރެޖިސްޓަރކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. ލަކީޑްރޯގެ ނަސީބުވެރި ފަރާތް ހޮވަން ހަމަ ޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަހުއެވެ.

މިނިވަން އުފާ ކާނިވަލުގެ އެންމެ ބޮޑު އިނާމުގެ ނަސީބުވެރި 1 ފަރާތަށް އުރީދޫއިން ދެ މީހުންގެ 7 ދުވަހުގެ ބާލީ ދަތުރުގައި ފްލައިޓް ޓިކެޓް، 4 ތަރީގެ އެކޮމޮޑޭޝަންގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އުބުދުގައި 2 ރޭ، ނޫސާ ޕެނިޑާގައި 2 ރޭ އަދި 2 ރޭ ސެމިނިއާކް ގައި ހިމެނެއިރު މިތަންތަނުގައި ގައިޑަކާ އެކު ޓުއާކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ޓުއާ ގައި ހިމެނޭ ތަންތަނަށް ބަލާއިރު ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި، އަލޯހާ އުބުދު ސްވިންގް ބަލާލުމާއި، އުބުދު ސެންޓަރ އެކްސްޕްލޯކުރުމާއި، ހިތްގައިމު އެންޖަލް ބިލަބޮންގް އާއި ބްރޯކެން ބީޗް ބަލާލުމުގެ ފުރުސަތު ލިބޭނެކަމަށް އުރީދޫން ބުނެއެވެ.

ގްރޭންޑް ޕްރައިޒް ހޯދުމުގެ ފުރުސަތުގެ އިތުރުން، މިނިވަން އުފާ ކާނިވަލުގައި ހުންނަ އުރީދޫ ނޭޝަން ސްޓޯލަށް ޒިޔާރަތްކުރުމަށް އުރީދޫ މޯލްޑިވްސްއިން ދައުވަތެއް ދެއެވެ. އުރީދޫ ނޭޝަން ސްޓޯލްގައި ހިތްގައިމު ކުޅިވަރުތަކެއް ފެނިގެންދާނެ ކަމަށާއި ބައިވެރިންނަށް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.