
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕަރޗޭސް ލޯން އަދި ހޯމް ޕަރޗޭސް ފައިނޭންސިންގ އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މިއަދު މި ގެނެވުނު ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އަދި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަތަކަށް ފައިދާކުރާނެ ކަމަށެވެ.
“2021 ވަނަ އަހަރު އަޅުގަނޑުމެންގެ ހޯމް ލޯން އަދި ފައިނޭންސިންގ ރޭޓް %9 އަށް ދަށްކުރިން. މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓް،” ކާރލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލް ގެ ހޯމް ޕަރޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕަރޗޭސް ފައިނޭންސިންގ ދޫކުރަނީ 20 ޕަސެންޓް އިކުއިޓީ އާއެކު 9 ޕަސެންޓް އިންޓްރެސް ރޭޓުގައެވެ. މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށްވެސް މި ފެސިލިޓީ ބޭނުންކުރެވޭނެ އެވެ.
1 އޮގަސްޓް 2023 އިން ފެށިގެން ލިބޭ ލޯން އެޕްލިކޭޝަންތަކަށް އަލަށް މިކަނޑައެޅުނު ބަދަލުތަކަށް އަމަލުކުރަމުންދާނެއެވެ.