އޭދަފުއްޓާއި ހަނިމާދޫ ބައްދަލުކުރާ މެޗު މިއަދު ހަވީރު

މިއަދު ހަވީރު އޭދަފުއްޓާއި އާއި ނައިފަރު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަހު ބުރުގައި ވާދަކުރާ ބ. އޭދަފުއްޓާއި ހދ. ހަނިމާދޫ މިއަދު ހަވީރު ބައްދަލުކުރާނެ އެވެ.

ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 3:50 ގަ އެވެ.

މުބާރާތުގެ ފަހު ބުރުގެ ފުރަތަމަ ދެ މެޗު ކާމިޔާބުކުރީ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ އެވެ. ތިމަރަފުށީގައި ކުރިއަށްދާ މި ގްރޫޕްގެ ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ ނ. ލަންދޫއާ ވާދަކޮށް 1-0 އިންނެވެ. ކުޑަހުވަދޫގައި ކުޅުނު ގްރޫޕް އެކެއްގެ ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ އދ. މަހިބަދޫއާ ވާދަކޮށް 1-0 އިންނެވެ.

މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު ކުޑަހުވަދޫގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. ދެ ވަނަ ސެމީ ފައިނަލް އަންނަ މަހު އަށް ވަނަ ދުވަހު އޮންނާނީ ތިމަރަފުށީގަ އެވެ. އެ މެޗުގައި ބައްދަލުކުރާ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާއި އެކެއްގެ ދެ ވަނަ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުގެރޭ މާލޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.