ޓޫރިޒަމްގެ ބޭނުމަށް ގޮއިދޫން 275،000 އަކަފޫޓުގެ ބިން ކުއްޔަށް ދެނީ

ޓޫރިޒަމްގެ ބޭނުމަށް ބ. ގޮއިދޫން 275،000 އަކަފޫޓުގެ ބިން ކުއްޔަށް ދޭން ނިންމައި އެ ރަށު ކައުންސިލުން އެކަން އިއުލާން ކޮށްފި އެވެ.

ގޮއިދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނީ ބުނީ ޓޫރިޒަމާ ގުޅޭ ދެ ވިޔަފާރިއަކަށް އެ ބިންތައް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ ގެސްޓް ހައުސްހަދަން ދޭ ބިމާއި ވިލާ އަދި ސާވިސް ރެސިޑެންސް ހަދަން ދޭ ބިން ބިމެވެ.

ގެސްޓް ހައުސް ހަދަން ދޫކުރަން ނިންމާފައިވަނީ 5,000 އަކަފޫޓުގެ ފަސް ބިމާއި 10,000 އަކަފޫޓުގެ ފަސް ބިމެވެ. ވިލާ އަދި ރެސިޑެންސް ހަދަން ދޫކުރަނީ 200,000 އަކަފޫޓުގެ ބިމެކެވެ.

މި މަޝްރޫއުގެ ބީލަން ފޮތް އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 28 ގެ ނިލަޔަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އާ ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި އޮންލައިންކޮށް ވެސް ބީލަން ފޮތް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ގެސްޓް ހައުސް ނަމަ ބީލަން ފޮތުގެ އަގަކީ 5،000ރ. އަދި ވިލާ ނަމަ 15،000ރ. އެވެ.

އަމިއްލަ ހަރަދުގައި ހިންގަން ޖެހޭ މަޝްރޫއުތަކުގެ ބީލަން ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ.

ގެސްޓް ހައުސް ހަދާ ބިންތަކަށް ކުރިމަތިލެވޭނީ ދިވެހިންނަށާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށާއި ޕާޓްނާޝިޕްތަކަށް އަދި ލޯކަލް އިންވެސްޓްމަންޓްތަކަށް ކަމަށް ގޮއިދޫ ކައުންސިލުން ބުންޏެވެ. ވިލާ/ސާވިސް ރެސިޑެންސް ހެދުމަށް ދޭ ބިމަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ. މިހާރު ވެސް ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ ގޮއިދޫ އަކީ މިއަތޮޅުގައި އެންމެ ބިން ބޮޑު ރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.