ނަހުލާގެ 4426 އޭދަފުށީގައި އަޅުވަނީ

ނަހުލާގެ 4426
ނަހުލާގެ 4426

މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމެޓުން އުފައްދާ ބިރުވެރި ފިލްމް 4426 (ފޯ ފޯ ޓޫ ސިކްސް) އަންނަ ނޮވެމްބަރ މަހުގެ 8 އަދި 9 ވަނަ ދުވަހު އޭދަފުށީގައި ދެއްކުމަށް ހަމަޖެހިއްޖެއެވެ.

ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމް “4426” އޭދަފުށީގައި އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާރސް (ޓީބީ) އިން ބުނިގޮތުގައި އަންނަ މަހުގެ 8 އަދި 9 ގައި އެޅުމުވަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް ހޯއްދެވުމަށް ނަން ނޯން ކުރުމުގެ ފުރުސަތު މިހާރު ހުުޅުވާލައިފައިވާކަމަށާއި 7904426 އަށް ގުޅާލުމުން ޓިކެޓް ބުކް ކުރުމުގެ ކަންތަ ހަމަޖެހިގެންދާނެކަމަށެވެ.

ފިލްމް 4426 ގެ މަންޒަރެއްގައި އައްޒަ
ފިލްމް 4426 ގެ މަންޒަރެއްގައި އައްޒަ

“4426” އަކީ އަށް އަހަރަށް ފަހު، ނަހުލާގެ ޑައިރެކްޝަނެއް ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ. އެހެންވެ މި ފަހަރު އޭނާ ގެނެސްދޭ ފިލްމަކީ ކިހާ ވަރެއްގެ ފިލްމެއްތޯ ބަލާލަން ކެތްމަދުވެފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ.

ކްލަބް ދަ ބިގިނާރސް އިން ވަނީ މީގެ ކުރިން އެމް.އެން.ޑީ.އެފް އިން ކުޅެފައިވާ “ހާދަރު” ފިލްމުވެސް އޭދަފުށީގައި އަޅުވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.