ގޮއިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކޮށްދޭން ރައީސްގެ ވައުދެއްް

ބ. ގޮއިދޫގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށް، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގޮއިދޫއަށް ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ގޮއިދު އާއި ފެހެންދޫގެ މީހުން މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ސިއްހީ ހިދުމަތް ބޭނުންވާ ކަމަށެވެ.

“ގޮއިފުޅަފެހެންދޫގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މިހާރު މި ރަށުގައި ހުރި، ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކޮށްދޭނަން،” ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވެރިކަމުގެ ދެވަނަ ދައުރުގައި، ގޮއިދޫގެ ބަދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ސްޕޯޓްސް ކޮމްޕްލެކްސް އެއް އަޅައިދޭނެ  ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރަށުގެ އިންޖީނުގެ މީހުން އުޅޭ ހިސާބާ ދުރުކޮށް ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ގޮއިދު އަކީ ރައީސް މިއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ބ. އަތޮޅުގެ ތިން ވަނަ ރަށެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ފުޅަދު އަށް ދެން ވަޑައިގަތީ ފެހެންދު އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.