ތުޅާދޫން ބަޔަކު ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުން ގެންދަނީ – ވަގުތު އިމޭޖްސް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބ. ތުޅާދޫއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެރަށުގައި ހަމަނުޖެހުން ހިންގުމަށް ރޭވި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ރައީސް މިއަދު ހަވީރު ތުޅާދޫއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅަށް ހުރަސް އެޅޭ ފަދަ ހަރަކާތްތަކެއް ހިންގާ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ކޯޓު އަމުރުގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއަދު ތުޅާދޫގައި ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތަކަށް ސަރުކާރުން ހުރަސް އެޅުމުގެ ގޮތުން ފުލުހުން ފޮނުވާ، ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅާ، ތަކެއްޗަށް އެކިވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ. އަދި ރައީސް ތުޅާދުއަށް ވަޑައިގަންނަވާތީ ރައްޔިތުންނަށް އަނިޔާކޮށް އަދި ބައެއް ބައިވެރިން ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ރައީސްގެ މިދަތުރުފުޅުގައި މިސަރުކާރުން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މަޝްރޫއާއި ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.