ދަރަވަންދޫ ފެނުގެ ނިޒާމް ޑިޒައިންކުރަން ހަވާލުކޮށްފި

ބ. ދަރަވަންދޫ
ބ. ދަރަވަންދޫ

ކްލައިމެޓް ފަންޑް ގެ ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫގެ ފެނުގެ ނިޒާމުގެ ޑިޒައިން ކުރުމާއި ބީލަމުގެ ލިއެކިއުންތައް ތައްޔާރުކުރުމުގެ މަސައްކަތް ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑް އާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ޝާހް ޓެކްނިކަލް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ގޯތަމް މަހާވިރު ޝާހް އެވެ.

މި މަޝްރޫއުގެ ދަށުން ދަރަވަންދޫގެ އިތުރުން ރ. މަޑުއްވަރީ، ށ. ފޯކައިދޫ އަދި ހދ. ނޮޅިވަރަންފަރު ފެނުގެ ނިޒާމް ގާއިމްކުރުމުގެ ޑިޒައިން އެ ކުންފުނިން ތައްޔާރުކުރާނެ އެވެ. އޭގެ ޖުމްލަ އަގަކީ ހަ މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިމުމާއިއެކު އަމަލީ މަސައްކަތްކުރުމަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މި މަޝްރޫއުގެ ޑިޒައިން މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.