ރިޔާސީ ކެމްޕޭން ފޯރި: އޭދަފުށިން ދެއްކި ނަމޫނާ އަށް ގިނަ ބައެއްގެ ތައުރީފް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ކިޔަން ނުކުމެ ތިބި ބަޔަކު.– ފޮޓޯ: އެމްޑީޕީ

ރިޔާސީ ދެ ވަނަ ދައުރެއްގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އޭދަފުއްޓަށް ވަޑައިގެންނެވިއިރު، ރިޔާސީ އިންތިހާބާ ދިމާކޮށް މި ރަށަށް މިއޮތީ ސިޔާސީ އީދެއް އައިސްފަ އެވެ؛ ބަނދަރުމަތި އޮތީ މައި ދެ ޕާޓީގެ ކުލަކުލައިން ޒީނަތްތެރި ކޮށްފަ އެވެ. ޖަގަހަތައް ރީތިކޮށް، ނަލަކޮށްފަ އެވެ.

ދިދަ ފަތިތައް ދެމުމުގައި ދެ ޕާޓީގެ ސަޕޯޓަރުން ވެސް މިފަހަރު އުޅުނީ ވަރަށް ވާދަވެރިކޮށެވެ.

އެހެންވެ ގިނަ ބަޔަކު ހީކޮށްގެން ތިބީ  މިފަހަރުގެ ކެމްޕެއިނުގައި އެކި ރަށްރަށުގައި އިދިކޮޅުން މުޒާހަރާތައް ވެސް ކޮށްފައި ވާތީ  އޭދަފުށި ކަހަލަ ސިޔާސީ ފޯރި ގަދަ ރަށަކުން އެކަން އިތުރަށް ފެންނާނެ ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް މިއަދު އޭދަފުއްޓަށް ވަޑައިގެންނެވި ވަގުތު އެ ކަހަލަ އެއްވެސް ކަމެއް މިރަށަކު ނެތެވެ. ރަށުން ދެއްކީ ސްލުހަވެރިކަމުގެ ރީތި ނަމޫނާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

“ނަމޫނާ މިސާލެއް މީ،  އެއްބައެއް ދެފިކުރެއް، ފެނިގެން ދިޔައީ އުފާވެރި މަންޒަރެއް.ސުކުރިއްޔާ އޭދަފުށި ރައްޔިތުން . ހިޔާލު ތަފާތުވިޔަސް ހަމަނުޖެހުމަށް ތަންދީގެން ނުވާނެ . ރާއްޖޭގެ ރައްޔިތުން މި ނަމޫނާ ބަލައި ގަތުން އެދެން. އަދި ކުރިޔައް އޮތް ތަނުގައި ވެސް އިތުރު ވެރިން އޭދަފުއްޓަށް ވަޑައިގަތުމުން މި މިސާލު ދެއްކުން އެދެން.، ފޭސް ބުކްގައި އަހްމަދު ހަލީމް ކިޔާ މިހާކު ލިޔެފައިވެ އެވެ.

އައިޝަތު ހަލީމް ކިޔާ މީހަކު ލިޔެފައިވާ ގޮތުގައި އޭދަފުށީ މީހުންނަށް ސިޔާސީ ވާން އެނގޭ ކަމަށާއި އެ މީހުންނަނީ ނާތަހުޒީބް ބައެއް ނޫން ކަމަށެވެ.

“ގަޔަށް އަތް ނުލާ އައުގުރާން ނުގޮވިއަސް ކުރަން އުޅޭ ކަމެއް ކުރެވިދާނެ ވިއްޔަ،”

އޭދަފުށި ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު އަދި ޕީޕީއެމްގެ މެންބަރު އަލީ ޝަފީގު ވިދާޅުވީ ކޮންމެ މީހަކަށް ވެސް މިނިވަންކަމާ އެކު މިރަށުގައި ކެމްޕެއިން ކުރެވޭނެ ކަމަށެވެ.

“ކުރީ ރެޔަކު ބޭއްވިން، ޕީޕީއެމްގެ ބައްދަލުވުމެއް، މި ރަށު ޕީޕީއެމްގެ އިސް ހަރަކާތްތެރިން، އަޅުގަނޑުމެން ނިންމީ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް،

ބައެއް މީހުން ބުނި ގޮތުގައި، އޭދަފުށީން މިއަދު ދެއްކި ނަމޫނާ މިދުވަސްކޮޅު ރާއްޖޭގެ އެހެން ރަށްރަށުން ވެސް ނުކުމެ ދައްކަން ޖެހެ އެވެ.

” މިކަން ފެނުމުން ހާދަ ފަޚުރުވެރިވޭ! މިއީ ވާންޖެހޭ ގޮތެވެ. ސިޔާސީ ކަންކަމަކީ ދުވަހަކުވެސް ޒާތީ ކަމެއް ކަމުގައި ވެގެން ނުވާނެ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.