ތުޅާދޫގައި އިތުރު ހައުސިން ޔުނިޓް އަޅައި ތާރު އަޅައިދޭނަން: ރައީސް

ބ. ތުޅާދޫ ބިން ހިއްކައި އިތުރު ރޯހައުސް އަޅައި، ބޮޑެތި މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލހު ވަދުއުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މި އަތޮޅުގައި ދެވައަށް އެންމެ މީހުން ގިނަ ތުޅާދޫގައި ރޭ ބޭއްވި ބޮޑޫ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން ތުޅާދޫގައި ހެދި 100 ހައުސިން ޔުނިޓު ނިންމައި، މީހުން ދިރިއުޅެން ތައްޔާރުވެފައިވާ ކަމަށެވެ

އަދި އެ މަނިކުފާނަށް ރިޔާސީ ދެ ވަނަ ދައުރެއް ދީފި ނަމަ، އެރަށުގެ އިތުރު 100 ހައުސިން ޔުނިޓް އިމާރާތް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އަދި އެ ރަށުގެ ބިން ހިއްކައި، އިންޑަސްޓްރިއަލް ޒޯނެއް ހަދައި ބީޗު އޭރިއާ ތަރައްގީކޮށް، ޕިކްނިކް ދިއުމަށް ހާއްސަ ތަނަކާއި އިންޑޯ ސްޕޯޓްސް ކޮމްޕްލިކްސްއެއް ހަދައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ތުޅާދޫގެ މަސްވެރިންނަށް ވަގުތީ ހައްލެއްގެ ގޮތުގައި އެރަށް ކައިރީގައި ބޯޓެއް ބާއްވައި، ފަސޭހައިން މަސްކިރޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިއްޔެ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަޑައިގަންނަވާނީ މިއަތޮޅުގެ އުތުރު ބިތުގެ ރަށްރަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.