“ކަމަދުއަށް މި ނޫނީ އަޅާލެއްވި ރައީސެއް ނެތް”

މިއިން ޒަމާނެއްގައި ނާންނަވަރުގެ ބިޔަ މަޝްރޫއުތައް ގެނެސްދީފައި އަދި ކަމަދުއަށް މިހާރުގެ ރައީސް ނޫނީ އަޅާލެއްވި ރައީސެއް ނެތް ކަމަށް އެރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހި މުހައްމަދު ސޯލިހު ބ. އަތޮޅަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، ކަމަދޫގައި ބޭއްވި ބައްދަލުވުމުގައި، ރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ކަމަދުއަށް ދުވަހަކު ވެސް ނާންނަ ވަރުގެ ތަރައްގީ މި ސަރުކާރުން ގެނެސްދީފައިވާ ކަމަށެވެ.

އަދި މިއިން ޒަމާނެއްގައި ނާންނަވަރުގެ ބިޔަ މަޝްރޫއުތައް އެ ރަށަށް ގެނެސްދީފައި އަދި ކަމަދުއަށް މިހާރުގެ ރައީސް ނޫނީ އަޅާލެއްވި ރައީސެއް ނެތް ކަމަށް ޒަރީރު ވިދާޅުވި އެވެ.

“އަޅުގަނޑުގެ ހަޔާތުގައި ވެސް އެތައް ވެރިކަމެއް ދުށިން. ނަމަވެސް، މި ވެރިކަމުގައި ރައްޔިތުންގެ ހާލު ބަލައި މި ރަށު ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މި ރަށުގައި ކަންކަން ކުރަމުން ދޭ.” ޒަރީރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޒަރީދު ވަނީ ކަމަދޫގައި މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލުތައް ދެއްވައިފަ އެވެ.

އެގޮތުން އެ ރަށު ބަނދަރުގައި ހިލަ ޖެހުން ނޫން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ. އެކަމަކު، ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އަޕްގްރޭޑު ކުރުމަށް ކަމަށް ވިޔަސް، ކައުންސިލުން އެދުނު ގޮތަށް ފަހުން ހުރިހާ ކަމެއް ކޮށްދީފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.

“ރައީސް، މި ރަށުގެ ރައްޔިތުން ވެސް ރައީސް ޓެސްޓުކޮށްފި. އަޅުގަނޑުމެން ރައީސަށް ދޭނީ އޭ ރިޕޯޓެއް. ބަލާލި ކޮންމެ ދިމާލަކުން، ހިނގާލި ކޮންމެ ފިޔަވަޅެއްގެ މަތީގައި ފެންނަނީ ރައީސްގެ ތަރައްގީ މި ރަށުން.” އެމްޑީޕީގެ މެމްބަރު ވިދާޅުވި އެވެ.

އާބާދީގައި 563 މީހުން ދިރިއުޅޭ ކަމަދުއަށް ވެސް ރައީސް ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ކަމަދޫގެ ސްކޫލަށް ބޭނުން ވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން މަލްޓިޕާޕަސް ހޯލަކާއި އިތުރު ކްލާސް ރޫމު އަޅައިދިނުމުގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭނެ ސަރަހައްދު ތަރައްގީ ކުރަން ވަނީ ވައުދު ވެވަޑައިގެންފައެވެ.

ކަމަދޫގައި އާ ބޮޑު މިސްކިތެއް އަޅައިދިނުމާއި މަގުތަކަށް ދިމާވެފައިވާ ފެންހެދޭ މައްސަލަ ހައްލުކޮށް މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދިނުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް އޭޓީއެމްގެ ހިދުމަތް ފެށުންމަސް ވެސް ރައީސް ވަނީ ވައުދު ވެވަޑައިގެންފައެވެ. އޭގެ އިތުރުން ކަމަދޫގެ އިންޖީނުގެ އަޕްގްރޭޑް ކުރުމާއި ވޮލީ އަދި ނެޓްބޯޅަ ކޯޓެއްގެ އިތުރުން ކަމަދުއާ ކައިރީގައި އޮންނަ މަދިރިވާދޫ ،ކަމަދޫގެ ރައްޔިތުން ޕިކްނިކް ދިއުމަށްޓަކައި ޕިކްނިކް އައިލެންޑަކަށް ހައްދަވައި ދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.