ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

115991_3_8b94e983722aaa59ed71b96584a43aedef054805_medium

އަންނަ އަހަރުގެ ޖެނުއަރީ މަހު ވިލާ ކޮލެޖުގައި ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ އަހަރު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ ލޯ، ހިއުމަން ރިސޯސަސް, ޓުއަރިޒަމް، އެކައުންޓިންގ އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 57 ކޯހެއްގެ އެވެ.

މިގޮތުން މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 6 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 3 ކޯހަކާއި، ޑިގްރީ ފެންވަރުގެ 15 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 7 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 9 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 8 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ގާއިމް ކުރެވިފައި ހުރި ވިލާ ކޮލެޖުގެ ކެޕަސްތަކުގައި މީގެ ތެރެއިން ބައެއް ކޯސްތަށް ވަނީ ފެށުމަށް ހަމަޖެހިފަ އެވެ.

އަންނަ އަހަރު ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ އެމް.އެސް.ސީ ޕަބްލިކް ހެލްތު ކޯހަކީ ޖެނުއަރީ މަހު މުޅީން އަލަށް މިކޮލެޖުގައި ފެށުމަށް ހަމަޖެހިފައިވާކޯހެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ ތާރީހަކީ 12 ޑިސެމްބަރ 2016 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.