ކުރަން ނުކުރަން އުޅޭ ތުޅާދޫ އެއާޕޯޓް އަޅާފައި ދައްކާނަން: މުއިއްޒު

ތުޅާދޫގައި މުއިއްޒު ވާހަކަ ދައްކަވަނީ: އެއާޕޯޓްގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި

ބ. ތުޅާދޫގައި މި ސަރުކާރުން ހަދަން ނިންމި އެއާޕޯޓް އޭނާގެ ވެރިކަމެއްގައި ނިންމާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުގައި މިއަދު ތުޅާދުއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، ތުޅާދޫގެ އެއާޕޯޓް މަޝްރޫއަކީ މުހިންމު މަސައްކަތެއް ކަމަށާއި އެ މަސައްކަތް ފުރިހަމަކަމާ އެކު ނިންމާލެވޭނީ އޭނާގެ ސަރުކާރެއްގައި ކަމަށެވެ.

“އަޅުގަނޑުމެންނަކީ ކުރަން ކުރަން އުޅޭ ބައެއް ނޫންކަން އެނގޭނެ. ކުރާނެ ކަމަށް ބުނެފިއްޔާ އޮތީ ކޮށްފައި ދައްކާނަން، “އަޅުގަނޑުމެން ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ހުސް ވައުދެއް ނުވާނަން،” މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއާޕޯޓު އަޅާ އިރު، އެކަމުގެ ފައިސާ ހޯދޭނެ ގޮތާއި ޓެކްނިކަލް މައުލޫމާތު ހުންނާނެ ކަމަށެވެ. އެހެންވެ، ތުޅާދޫ އެއާޕޯޓު އެޅުމަކީ ކުރައްވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތުޅާދުއަށް ވީ އެހެން ވައުދުތައް:

  • ހައުސިން ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުން.
  • ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުން.
  • ރައްޔިތުން ބޭނުންވާ ތަނެއްގައި ހޮސްޕިޓަލެއް އެޅުން.
  • ރަށުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ހެދުން.
  • ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން.
  • ލިއެލާ ޖަހަން ޝައުގުވެރިވާ މީހުންނަށް ހާއްސަ މަރުކަޒެއް ގާއިމުކުރުން.

މުއިއްޒު މިއަދު ހެނދުނު ވަނީ މިއަތޮޅު  ދަރަވަންދު އަށް ވެސް ވަޑައިގެންފަ އެވެ. އެ ރަށުގައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަށް ބޭނުންވާ ތަރައްގީތައް ގެންނަވާނެ ކަމަށެވެ. އަދި، ރަށަށް ބޭނުންވާ ހައުސިން މަޝްރޫއު ވެސް ހިންގަވާނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ރިޔާސީ ކެމްޕެއިންގައި ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރު ތުޅާދުއާ ހަމައިން ވަނީ ނިންމަވާލައްވައިފަ އެވެ. ތުޅާދޫ އާއި ދަރަވަންދޫގެ އިތުރުން މުއިއްޒު ބ. އަތޮޅުން ދެން ވަޑައިގެންނެވީ ކުޑަރިލަށާއި ކެންދޫ އާއި މާޅޮސް އަދި އޭދަފުއްޓަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.