
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ޕްރޮވިޝަނަލް ހިސާބުތައް ދައްކާގޮތުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގައިގެން 305 މިލިއަން ރުފިޔާ ލިބިފައިވާ ކަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ބުނެފިއެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް މަހްފޫޒު ވިދާޅުވި ގޮތުގައި ފައިބެ ތިން މަސްދުވަހު އެއަރޕޯޓަށް ބޮޑު ފައިދާއެއް ލިބުނީ ރާއްޖެ އައި ފްލައިޓްތައް އިތުރުވުމާއި ޑިއުޓީފްރީގެ ވިޔަފާރި އިތުރުވުން ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި އަހަރު އެ ކުންފުނީގެ އަމާޒަކީ އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދުން ކަމަށާއި ފުރަތަމަ ތިން މަސް ދުވަހުގެ ފައިދާއަށް ބަލާ އިރު، އެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމުގައެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި އެއަރޕޯޓުގެ އޮޕްރޭޝަންގެ ތެރެއިން އާމްދަނީ ލިބޭ މައިގަނޑު ކަންކަމުގެ ތެރޭގައި މަތިންދާ ބޯޓަށް އަޅާ ތެލުގެ ވިޔަފާރި އާއި ޑިއުޓީ ފްރީ އިން ލިބޭ އާމްދަނީ ހިމެނޭ ކަމުގައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ވިކުނު ޖެޓް ފިއުލްއަށް ބަލާ އިރު، މި އަހަރުގެ މި މުއްދަތުގައި ވިޔަފާރި ދައްވެފައިވީ ނަމަވެސް، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ، 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު 1.2 މިލިއަން ލީޓަރގެ ތެޔޮ އިތުރަށް ވިކިފައިވާ ކަމުގައެވެ. އަދި އެއީ، 2012 ވަނަ އަހަރާއި އަޅާ ބަލާ އިރު، %7.8 އިތުރުވުމެއް ކަމަށްވެސް އެކުންފުނިން ހާމަކުރިއެެވެ.
އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ މާޗު މަހު ވިކުނު ތެޔޮ މި އަހަރުގެ މާޗު މަހާ އަޅާ ބަލާ އިރު، 1.8 މިލިއަން ލީޓަރ އިތުރު ކަމަށާއި %12.7 އިތުރުވުމެއް ކަމަށެވެ. އަދި ޑިއުޓީ ފްރީ ފިހާރައިގެ އާމްދަނީ މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރ އާއި އަޅާ ބަލާ އިރު، މި އަހަރު 105 ޕަސެންޓް އިތުރުވެފައިވާ ކަމުގައެވެ.
އިންޑިއާގެ ޖީއެމްއާރް ކުންފުނިން އެއަރ ޕޯޓު ނެގުމަށް ފަހު، އެމްއޭސީއެލް އިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރ ޕޯޓާއި ހަވާލުވެފައިވަނީ ފައިބެ އަހަރުގެ ޑިސެމްބަރ 8 ވަނަ ދުވަހު އެވެ.
އީޓީ ވަރަށް ވަހީދު ސަރުކާރަށް ސަޕޯޓް ކުރޭ. ދެން އީޓީގަ ޖަހާނެ ހަބަރެއް އިނގޭނީ ހަމަ އީޓީގައި ލިޔާ މީހުންނަށް. އަހަންމަދު މެންވެސް މޮޅުކަމެއް ކޮށްފައި އީޓީއަށް ހަބަރު ފޮނުވީމަ ޖަހާދޭނެ ކަންނޭގެ.
Mi habaru et ga jehumuge baynumakee kobaa.? mi habaru jahanyaa ehn hurihaa habareh ves liyan v ehnu raahjeyga hingaa