ދަރަނި ދެއްކޭނެ، އެކަމުގައި ދަތިކަމެއް ނެތް: ރައީސް

ދަރަނީގެ ގޮތުގައި 2026 ގައި ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ދެއްކޭނެ ޕްލޭނެއް އެބައޮތް ކަމަށާއި އެކަމުގައި ދަތިކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންނާ އެކު ސަންގު ޓީވީން ބޭއްވި ބަހުސްގައި ރާއްޖޭގެ ދަރަނީގެ ހަލަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2026 އަށް މުއްދަތު ހަމަވަނީ 800 މިލިއަން ޑޮލަރުގެ ދަރަންޏެއް ކަމަށާއި އެއީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ 100 މިލިއަން ޑޮލަރާއި ކޮވިޑުގެ ދުވަސްވަރު ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކް ކަމަށެވެ. އަދި މި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ތެރެއިން، 250 މިލިއަން ޑޮލަރު ދައްކާފައިވަނީ ކުރީގެ ސަރުކާރުން ނަގާފައިވާ ބޮންޑަކުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސޮވެރިން ފަންޑުގައި ހަ ބިލިއަން ރުފިޔާ އެބަހުއްޓެވެ. އަމާޒަކީ 2026 އާ ހަމައަށް 350-400 މިލިއަން ޑޮލަރަށް ބޮޑުކުރުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަމްދަނީ އިތުރުކުރުމާ އެކުއެކީގައި ދަރަނި ދައްކަން ވެސް އެއްވެސް ދައްޗެއް ނެތެވެ.

“އަޅުގަނޑުމެން ވެރިކަމަށް އައިއިރު ދައުލަތަށް ލިބެނީ 22 މިލިއަން ރުފިޔާ، މިއަހަރު 34 މިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު އަންނައިރު 46 ބިލިއަން ރުފިޔާ ދައުލަތަށް ވަންނާނެ” ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި، ލޯނު ދެއްކުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.