ލޯންޗުގެ ނިޒާމަކުން ހޮސްޕިޓަލްތައް ގުޅާލުމުގެ ހިދުމަތް ފަށައިފި

ސިއްޙީ ދާއިރާއިން ދޭ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ހެލްތު ލައިން އިފްތިތާޙްކޮށް ހޮސްޕިޓަލްތަކަށް ސްޕީޑް ބޯޓް ޙަވާލުކޮށްފިއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލްތަކަށް ސްޕީޑް ބޯޓް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މޯލްޑިވްސް ހެލްތު ލައިންއާ އެކު ރަށުގައި ތިބެގެން ސެޕަޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި ލެބް ޓެސްޓްތައް ހެދުމާއި އައުޓްރީޗްގެ ހިދުމަތް ފަދަ ފުރުސަތުތަކަށް ފަހިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިޒާމްގެ ތެރެއިން އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް މެދުވެރިކޮށް އަތޮޅުގެ އެހެން ރަށްރަށުގައި ޤަވާއިދުން އައުޓްރީޗް ޕްރޮގްރާމްތައް ހިންގާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެއެވެ.

އަދި ބެޑް ރިޑެން ޕޭޝަންޓުންގެ ގާތަށް ޑޮކްޓަރުން ޒިޔާރަތްކޮށް ގަވާއިދުން ޑޮކްޓަރުންނަށް ދެއްކޭގޮތް ވެގެންދާނެއެވެ.

މީގެ އިތުރަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި ގުޅުންހުރި ސްޓޭކްހޯލްޑަރސް ގުޅިގެން މުޅި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްރަށުން އަނެއްރަށަށް ސާމްޕަލް، އިމަރޖެންސީ މެޑިސިން، އަދި ކޮންސިއުމަބަލްސް ފަދަ ތަކެތި ފޮނުވުމުގެ މަސައްކަތްފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭ ދިރާސާތައްކޮށް އަދި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް ގުޅުންހުރި ސްޓޭކްހޯލްޑަރސްއާއި އެކު ވޯރކްޝޮޕްތައް ބާއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ މަޤްސަދަކީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ޞިއްޙީ ދާއިރާ ހަރުދަނާކޮށް ދެވޭ ޚިދުމަތްތައް ފަސޭހައިން އަވަސް ގޮތެއްގައި ފޯރުކޮށްދިނުމެވެ. މިގޮތުން މިހާރު ވަނީ އެއް ޑްރޯން ގެނެވިފައެވެ. އަދި ދެވަނަ ޑްރޯން މިމަސް ތެރޭގައި ގެނެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. 

މޯލްޑިވްސް ހެލްތު ލައިންގެ މަޝްރޫޢު ނިމޭއިރު ޖުމްލަ 20 އަތޮޅަށް މިޚިދުމަތް ފުޅާކުރެވިގެންދާނެއެވެ. މިމަޝްރޫޢު ނިމިގެންދާއިރު 55 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.