އޭދަފުށީގެ 2 ވަނަ މެޗް މިއަދު ހަވީރު

ހަނިމާދޫ އާ ދެކޮޅަށް އޭދަފުށި ޓީމުން ނިކުތް ފުރަތަމަ 11
ހަނިމާދޫ އާ ދެކޮޅަށް އޭދަފުށި ޓީމުން ނިކުތް ފުރަތަމަ 11

އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕް 2016 ގެ ފައިނަލް ރައުންޑްގައި އޭދަފުށި ޓީމް ކުޅޭ 2 ވަނަ މެޗްގައި މިއަދު ހަވީރު ލަންދޫ އާދެކޮޅަށް ނިކުންނާނެއެވެ.

ތިމަރަފުށި ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗް ފަށާނީ މިއަދު ހަވީރު 3:50 ގައެވެ. ފައިނަލް ރައުންޑްގައި އޭދަފުށި ޓީމް ކުޅުނު ފުރަތަމަ މެޗް ވަނީ ފަހަތުންއަރާ 2-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗް ކުޅުނީ ހދ.ހަނިމާދޫ އާދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް ރައުންޑުގައި ތިމަރަފުއްޓާ ދެކޮޅަށް ލަންދޫ ކުޅުނު މެޗުން އެޓީމް ވަނީ 0-1 އަކުން ބަލިވެފައެވެ. މިއަދު އޭދަފުއްޓާ ދެކޮޅަށް ކުޅޭ މެޗުން ލަންދޫ ބަލިވެއްޖެނަމަ އެޓީމަށް ސެމީ އަށް ދިޔުމުގެ ފުރުސަތު ގެއްލޭނެއެވެ. އެހެކަމުން ސެމީ އިން ޖާގައެއް ހޯދުމަށް ލަންދޫ ޓީމު މިއަދު މޮޅުވުމަށް ވަނީ މަޖުބޫރުވެފައެވެ. އޭދަފުށި ޓީމް މިއަދުގެ މެޗުން މޮޅުވެއްޖެނަމަ ސެމީ ފައިނަލުން ޖާގައެއް ކަށަަވަރުވެގެން ދާނެއެވެ. މިއަދު ހަވީރު އޭދަފުއްޓާއި ލަންދޫ ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް އޭދަފުށި ޓީމްގެ މުހިންމު 3 ކުޅުންތެރިޔަކު މިހާރު ވަނީ ތިމަރަފުއްޓަށްގޮސް ޓީމާ ގުޅިފައެވެ. އެހެންކަމުން އޭދަފުށި ޓީމް ކުޅުނު ފުރަތަމަ މެޗަށް ވުރެއް މި މެޗްގައި ކުޅެން ނިކުންނަ ޓީމް ވަރުގަދަވާނެއެވެ.

މި މުބާރާތުގައި ގްރޫޕް ބީ ގައި އިއްޔެ ހަވީރު ހަނިމާދޫ އާއި ތިމަރަފުށި ބައްދަލުކުރި މެޗު ވަނީ 0-2 ގެ ނަތީޖާއަކުން ތިމަރަފުށި ކާމިޔާބުކޮށްފައެވެ. އެހެންކަމުން ތިމަރަފުށި ވަނީ ގްރޫޕް ބީ އިން ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަށްވެފައެވެ.

ގްރޫޕް އޭގައި އިއްޔެ ކުޑަހުވަދޫ އާއި ދެއްވަދޫ ބައްދަލު ކުރި މެޗް ވަނީ 2-4 ގެ ނަތީޖާއަކުން ކުޑަހުވަދޫ މެޗް ކާމިޔާބުކޮށްފައެވެ. ފައިނަލް ރައުންޑުގައި މި ދެޓީމް ކުޅުނު ފުރަތަމަ މެޗް ވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެހެންކަމުން ކުޑަހުވަދޫ އިއްޔެ ކުޅުނު މެޗުން މޮޅުވުމުން އެޓީމަށްވެސް ވަނީ ސެމީއިން ޖާގައެއް ކަށަަވަރުވެފައެވެ.

ގްރޫޕް ސްޓޭޖްގައި އޭދަފުށި ޓީމް ކުޅޭ ފަހު މެޗް އޮންނާނީ މިމަހުގެ 4 ވާ ހުކުރު ދުވަހު ތިމަަރަފުއްޓާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.