![](https://www.eydhafushitimes.com/live/wp-content/uploads/2023/09/311594781_533436945458281_4217694480088469287_n-1024x554.jpg)
ބ. އޭދަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އޭދަފުށި ކަޕް” ފުޓްބޯޅަ މުބާރާތް އަންނަ މަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
އަންނަ މަހު 21 ވަނަ ދުވަހު ފަށާ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ހަމައެކަނި އޭދަފުށީގެ ކްލަބްތަކަށެވެ.
އޭދަފުށީން ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އޭދަފުށީގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މިއީ އޭދަފުށީ ކައުންސިލާއި ކްލަބް އޭދަފުށީ ގުޅިގެން މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.