
މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ، މާލެއިން ފުރައިގެން 13މީހުންނާއެކު ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދަރަވަންދޫއާ ދިމާލުން ބޭރަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.
އެ ދޯނީގައި ތިބި އެންމެންވެސް ފުލުހުންގެ ލޯންޗަށް ނަގާފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 12 ބިދޭސީންނެވެ.
ފުލުހުން ބުނީ ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑު ދަތުރުފަތުރުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.