
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެއް ނަންބަރު ވޯޓްފޮށީގެ ނަތީޖާ:
އުމަރު: 6
ޒަމީލް: 0
ސޯލިހް: 169
މުއިއްޒު: 271
ގާސިމް: 4
ފާރިސް: 4
އިލްޔާސް: 22
ނާޒިމް: 0
ބާތިލް: 11
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ނަންބަރު ވޯޓްފޮށީގެ ނަތީޖާ:
އުމަރު: 05
ޒަމީލް: 3
ސޯލިހް: 187
މުއިއްޒު: 322
ގާސިމް: 3
ފާރިސް: 1
އިލްޔާސް: 29
ނާޒިމް: 1
ބާތިލް: 14
މަލްޓިޕާޕަސް ހޯލުގައި ބެހެއްޓި ވޯޓްފޮށީގެ ނަތީޖާ:
އުމަރު: 12
ޒަމީލް: 0
ސޯލިހް: 117
މުއިއްޒު: 281
ގާސިމް: 9
ފާރިސް: 5
އިލްޔާސް: 26
ނާޒިމް: 0
ބާތިލް: 12
16:01 ވޯޓުލާން ކަނޑާއަޅާފައިވާ ވަގުތު، 4:00 ގައި ހަމަވުމާ އެކު މިހާރު ވަނީ ކިއޫތައް ބަންދުކޮށްފައި. ވަގުތު ހަމަވި އިރު ކިއޫގައި މީހުން ތިބި ފޮށިތަކުގައި ވޯޓުލުން ކުރިއަށް ދާނެ.
15:45 ވޯޓް ލާ ނިމެން ފަސް މިނިޓަށްވިއިއރު އޭދަފުށީ ސްކޫލުގައި ބަހައްޓަފައި ހުރި ތިން ނަންބަރު ވޯޓް ފޮށި ކައިރީ ބޮޑު ކިޔޫއެއް އެބައޮތް. ގާތްގަޑަކަށް 100 ވަރަކަށް މީހުން ކިޔޫގައި އެބަތިބި.
12:10 އޭދަފުށީގައި ބަހައްޓާފައި ހުރި ތިން ވޯޓް ފޮއްޓަށް މެންދުރު 12 ޖެހުމާ ހަމަ އަށް 581 މީހުން މިހާރު ވޯޓްލައިފި.
9:30 ގިނަ ބަޔަކު މިހާރު ވޯޓްލާން ގޮސް ކިޔޫގައި އެބަތިބި

8:15 ވާދަވެރި އަދި ފޯރިގަދަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ދެންމެ ފަށައިފި. ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖަހަންދެން މިއަދުގެ ވޯޓު ލުން ކުރިއަށް ގެންދާނެ.

6:30 އެތައް ދުވަހުގެ އުންމީދަށް ފަހު ރިޔާސީ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި މިއަދު ހެނދުނު 8:00 ގައި ފަށާނެ. މިރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައިހުރި ސަރަހައްދުތަކުގައި މިހާރު ވެސް ވޯޓުލާން މީހުން ގޮސް އެބަތިބި.

ރިޔާސީ އިންތިހާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ހެނދުނު 7:00 ގައި އޮފިޝަލުން ތިބޭނެ ކަމަށާއި ވޯޓު ލާ ގަޑީގެ 30 މިނެޓު ކުރިން ކިޔު ހެދޭނެ ކަމަށް.
ނަމަވެސް މި އިންތިހާބުގައި ވޯޓުލުމަށް މިރަށުގައި ފަތިހު ފަތިހާ ބައެއް މީހުން ވަނީ ކިޔޫ ޖެހިފައި.
މިފަހަރުގެ އިންތިހާބުގައި ވެސް ވޯޓްލުމަށް އޭދަފުށީގައި ތިން ވޯޓްފޮށި ބަހައްޓާފައިވޭ. އެގޮތުން އެއް ނަންބަރު ވޯޓްފޮށި ބަހައްޓާފައި ވަނީ މިރަށު މަލްޓި ޕާޕޯސް ހޯލު ގައި. ދެ ނަންބަރު ވޯޓްފޮށްޓާއި ތިން ނަންބަރު ފޮށި ބަހައްޓާފައި ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި
ވޯޓު ލާން ބޭނުން ކުރެވޭނެ ލިޔެކިޔުންތައް
– މުއްދަތު ހަމަ ނުވާ އައިޑީ ކާޑު
– މުއްދަތު ހަމަނުވާ ޕާސްޕޯޓު
– މުއްދަތު ހަމަނުވާ ޕާސްޕޯޓު ކާޑު
– މުއްދަތު ހަމަނުވާ އެއްގަމު އުޅަނދު ދުއްވާ ލައިސަންސް
ވޯޓު ލާން ދިއުމުގެ ކުރިން އެ މީހަކު ރެޖިސްޓްރީ ވެފައި އޮތީ ކޮންތަނެއްގައި ހުރި ކޮން ފޮއްޓެއްގައިތޯ ބަލައި ޗެކު ކުރުން މުހިންމު.
މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މިއީ އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެވެ.
އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ފަސް ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ހިމެނެއެވެ.