އެޑިޔުކޭޝަން މިނިސްޓަރު ބ. އަތޮޅަށް ވަޑައިގެންފި

އެޑިޔުކޭޝަން މިނިސްޓަރަށް ދަރަވަންދޫ އެއާޕޯޓުން މަރުހަބާ ދަންނަވަނީ--
އެޑިޔުކޭޝަން މިނިސްޓަރަށް ދަރަވަންދޫ އެއާޕޯޓުން މަރުހަބާ ދަންނަވަނީ– ފޮޓޯ / ނާސިހް

ބ. އަތޮޅުގެ ސްކޫލުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް މި އަތޮޅަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދާދި ދެންމެއަކު މިނިސްޓަރާއި އެ ކަމަނާގެ ޓީމް ދަރަވަންދޫއަށް ވަޑައިގަތުމުން، އެ ރަށުގައި ތިއްބަވާ ސަރުކާރުގެ އިސްވެރިންނާއި ބ. އަތޮޅު މަދަރުސާގެ މުވައްޒަފުން އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި މިއަދު ދަރަވަންދޫ އާއި ކުޑަރިކިލު އަދި ކަމަދޫގެ އިތުރުން ކެންދޫ އަށް ވަޑައިގަންނަވާނެ އެވެ. އަދި މާދަމާ މާޅޮސް، ހިތާދޫ، އޭދަފުށީގެ އިތުރުން ދެން ވަޑައިގަންނަވާނީ ގޮއިދޫ އަދި ފުޅަދޫ އަށެވެ.

އެޑިޔުކޭޝަން މިނިސްޓަރަށް ދަރަވަންދޫ އެއާޕޯޓުން މަރުހަބާ ދަންނަވަނީ--
އެޑިޔުކޭޝަން މިނިސްޓަރަށް ދަރަވަންދޫ އެއާޕޯޓުން މަރުހަބާ ދަންނަވަނީ–

މި ދަތުރުފުޅުގައި ދޮންފަނަށާއި ކިހާދޫއަށް މިނިސްޓަރު ވަޑައިގަންނަވާނީ ހުކުރު ދުވަހު ހެނދުނު އެވެ.

މި ރަށްރަށަށް ވަޑައިގެން ސްކޫލުތަކުގެ ސީނިއާ މެނޭޖްމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ އަދި ކައުންސިލުތަކާ މިނިސްޓަރު ބައްދަލުކުރައްވާނެ އެވެ.

މިދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ޓީމަކާއި ބައެއް މީޑިޔާތައްވެސް ބައިވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.