
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ބ. އަތޮޅުގައި ބެހެއްޓި ވޯޓްފޮށިތަކުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ކުރިހޯދައްވައިފި އެވެ.
މި އިންތިހާބުގައި ވޯޓް ލުމަށް މިއަތޮޅުގައި 21 ވޯޓްފޮށި ބެހެއްޓިއިރު ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މުއިއްޒުއަށް 4114 ވޯޓް ލިބިފައިވާއިރު މުއިއްޒާ އެންމެ ކައިރި ވާދަކުރެއްވި ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 3758 ވޯޓެވެ.
ބ. އަތޮޅުން ދެން އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވީ ދަ ޑިމޮކްރެކްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. އިލްޔާސް އަށް 1126 ވޯޓް ލިބިވަޑައިގެންނެވިއިރު، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 304 ވޯޓެވެ.

އަމިއްލަގޮތުން ވާދަކުރެއްވި އުމަރު 171 ވޯޓް ލިބިވަޑައިގެންނެވިއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ލިބިވަޑައިގެންނެވީ 90 ވޯތެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިޝް އަށް 87 ވޯޓް ލިބިވަޑައިގެންނެވި އިރު، ހަސަން ޒަމީލަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ.
މި އިންތިހާބުގައި ވޯޓްލުމަށް ބ. އަތޮޅުން ވެސް ނުކުމެފައިވަނީ ނިސްބަތުން މަދު ބަޔެކެވެ. ބ. އަތޮޅުގައި ވޯޓްލުމުގެ ހައްގު ލިބިގެންދާ 10،228 މީހުން އެބަތިއްބެވެ.