
މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ހަމަޖެއްސެވީ، އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަތި ނުނިމޭތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަދި މިގޮތަށް ނިންމެވީ މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދޭން އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށްވެސް ބުނެފައިވެ އެވެ.
އިއްޔެ ބޭއްވި އިންތިހާބާ ގުޅިގެން މިއަދަކީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ.